ޔަމަނުގައި ތިބޭ ޔުނައިޓެޑް އަރަބް އެމަރޭޓްގެ ސިފައިން، އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނި މީހަކު މަރާލާފައި އޮތްވާ ފެނިއްޖެއެވެ.

ރާފަތު ޑަންބާ ކިޔާ އެ ފިރިހެން މީހާ ބުނެފައިވާ ގޮތުގައި ޔޫއޭއީގެ ހަތަރު ސިފައިން ވަނީ ކުއްޖަކު ރޭޕް ކޮށްފައެވެ. އޭނާ އެހެން ބުނުމުން ޔޫއޭއީގެ ސިފައިން ވަނީ އޭނާ މަރާލާފައެވެ. މަރާލި މީހާގެ މަންމަ ބުނެފައި ވަނީ ސިފައިންގެ ބަޔަކު އޭނާ ދިރިއުޅޭ ގެއަށް ގޮސް، ދޮރު ކައިރިއަށް ނެރެ ބަޑި ޖަހާ މަރާލީ އެންމެން ކުރިމަތީގައި ކަމަށެވެ.

ޑަންބާ މަރާލިތާ ދިން ދުވަސް ވެފައިވާ އިރު، ޔަމަނުގެ މަގުތަކަށް އެތައް ބަޔަކު ނުކުމެ، ޔޫއޭއީ ސިފައިންނާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. އަދި އެކަމުގެ ކަންކަން ބެލުމަށްވެސް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. ޑަންބާގެ މަރުގެ ތަހުގީގު ކުރުމަށް ޔަމަނުގެ ސަރުކާރު ކޮމެޓީއެއްވެސް ހަދާފައިވާ އިރު، އާންމުންގެ ގިނަ ބަޔަކު ބުނެފައި ވަނީ އެ ކޮމިޓީ އިންސާފުވެރި ނުވާނެ ކަމަށެވެ.

ޔަމަނުގައި އެތައް ލާ އިންސާނީ އަމަލުތަކެއް ހިންގަމުންދާ އިރު، އދ އިންވެސް ސިފަކޮށްފައިވާ ގޮތުގައި ޔަމަނުގެ ހާލަތަކީ މިހާރު އޮތް އެންމެ ބޮޑު އިންސާނިއްޔަތާ ހިލާފު ޖަރީމާއެވެ. އެގައުމުގެ އެތައް ބަޔަކު ބަނޑަށްވެސް ޖެހިފައިވާ އިރު، އެތައް ކުދިންނަކާއި، އާއިލާއެއް ދަނީ ބަނޑުގައި ހޫނުކަމުގައި މަރުވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮސް

    ޔޫއޭއީ އެއްނު . ދުނިޔޭގަލެއްވިި އެންމެ ނުލަފާމީހުން އުޅެނީ އިސްލާމީ ގަޢުމުތަކުގަ . ތިޔަބުނާ ސައުދީ 2 މަފިރިން ޗުއްޓީއަށް އައިސް އަންބިމީހާ ނަމާދު ކުރަން އިންނައިރު ފިރިމީހާ ޕޫލުގަ ބިޔަރު ބޯން .

    11
    6
  2. ރާފަތު ޑަންބާ

    ކޮމެޓީ އަކުން ބަދަލެޢް ނިހިފޭނެ!! ސުޢްބޫ...