"ޓެކްޓިކަލް ގައިޑިން ސިސްޓަމް"އެއް އެކުލެވޭ ހަތިޔާރުތަކެއް، ނޯތު ކޮރެއާއިން ޓެސްޓް ކޮއްފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

މި ހަތިޔާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެންމެ ފަހުން ބޭއްވި ސަމިޓަށް ފަހު ނޯތު ކޮރެއާ އިން ފުރަތަމަ ހަތިޔާރެވެ. ހަތިޔާރާ ގުޅިގެން އެއްވެސް ކަހަލަ ހަބަރެއް ނޯތު ކޮރެއާގެ މީޑިއާ ތަކުން ދީފައެއް ނުވެއެވެ.

ފެބްރުއަރީ މަހު ވިއެޓްނާމްގައި ޓްރަމްޕާއި ކިމް ބައްދަލު ކުރި ކުރެއްވުން ވަނީ ނާކާމިޔާބު ވެފައެވެ. ދަތިކުރުމުގެ ފިޔަވަޅު އުވާލަން ނޯތު ކޮރެއާ އިން އެދުމުން އެމެރިކާ އިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އެންމެ ފަހުން ކުރި ހަތިޔާރު ޓެސްޓް އާއި ގުޅޭގޮތުން ކިމް ބުނެފައި ވަނީ އެއީ އެގައުމުގެ ސިފައިންގެ ގާބިލިއްޔަތު ކަން އިތުރު ކުރުމަށް ކޮންމެހެން ވެސް ކުރަން މަޖުބޫރު ޓެސްޓެއް ކަމަށެވެ.

މިދިޔަ އަހަރު މީޑިއާތަކަށް ވާހަކަ ހިތްސާކުރަމުން ކިމް ވިދާޅުވެފައި ވަނީ ނިއުކްލިއާ ޓެސްޓް ކުރުން ހުއްޓާލާނެ ކަމަށެވެ. އަދި އިންޓަކޮންޓިނެންޓަލް ބެލިސްޓް މިސައިލް ފޮނުވާލުން ހުއްޓާލާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެމެރިކާއާ ހަމައަށް ފޯރާވަރުގެ މިސައިލެއްގައި އުފުލޭވަރުގެ ނިއުކްލިއާ ބޮމެއް އުފައްދާފައިވާ ކަމަށެވެ.