500 ދުވަސް ވަންދެން ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުމަށް ފަހު ރޮއިޓާސްގެ ދެ ނޫސްވެރިން މިޔަންމާއިން މިނިވަން ކޮށްފިއެވެ.

ގިނަ ދުވަސްތަކެއް ހައްޔަރު ކޮށްގެން ގެންގުޅުމަށް ފަހު މިޔަންމާގެ ރައީސް ވަނީ އެ ދެ ނޫސްވެރިންނަށް މައާފު ދެއްވާފައެވެ. މިއާއެކު މި ދެ ނޫސްވެރިން މިހާރު ދަނީ އެބަރި ގައުމަށް ދިޔުމަށް ތައްޔާރުވަމުންނެވެ. ނޫސްވެރިންގެ އިތުރުން 6500 ކުއްވެރިނަށް ވެސް މިއަންމާގެ ރައީސް ވަނީ މިއަދު މާއާފުދީފައެވެ.

ރޮއިޓާސްގައި މަސައްކަތްކުރާ ވާ ލޯން އާއި ކިޔާވް ސޯއީ އޯ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މީހުންގެ މައްޗަށް މިޔަންމާ ސަރުކާރުން ކޮށްފައި ވަނީ ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ވަގަށް ނެގިކަމުގެ ތުހުމަތެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ސްޓޭޓުގެ އިންޑިން އަވަށުގައި މިޔަންމާގެ އަސްކަރިއްޔާ ރޮހިންގެ 10 މީހުން މަރާލި ހާދިސާ ތަހުގީގު ކުރަމުން ދަނިކޮށެވެ.

އެތަހުގީގާ ގުޅިގެން މިޔަންމާގެ ފުލުހުން ވަނީ އެދެ ނޫސްވެރިންނަށް ލިޔެކިޔުންތަކެއް ދީފައެވެ. ނަމަވެސް ފަހުން އެލިޔެކިޔުންތައް ގެންގުޅުނު ކަމަށް ބުނެ އެމީހުން ހައްޔަރު ކުރީ ފަހުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ފަހުން ވަނީ އިންޑިން އަވަށުގެ ގަތުލުތައް ތަހުގީގުކޮށް، އެމައްސަލާގައި ހަތް ސިފައިންގެ މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.