ނިރުބުވެރިކަމަށް ހިއްވަރުދޭ ކަމުގެ ތުހުމަތު މަޝްހޫރު މީސް މީޑިއާ ޕްލެޓްފޯމް ފޭސްބުކް އަށް ކޮށްފިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ފޭސްބުކް އާއި ގުޅޭގޮތުން ތަފާތު ވާހަކަތަށް ދެކެވެމުން ދަނިކޮށް މިފަދަ ބޮޑު ތުހުމަތެއް ފޭސްބުކް އަށް ކޮށްފައިވާއިރު ފަސް މަސްވަދެން ދިރާސާއެއް ކުރުމަށް ފަހު ނަން ހާންމަ ކުރުމަށް ބޭނުން ނުވާ އެމެރިކާގެ ނޭޝަނަލް ސެންޓަރ އޮފް ވިސެލް ބްލޯވަރ ގެ ފަރާތަކުން ބުނި ގޮތުގައި ފޭސްބުކުން ނިރުބަވެރިކަމަށް ހިއްވަރުދޭ އެކަނުންޓުތަށް ފޭސްބުކުން ނެގުމުގައި ލަސް ކުރާކަމަށާއި ނުވަތަ ބައެއް އެކައުންޓުތަށް ނެގުމަށް ފަސް ޖެހޭ ކަމަށެވެ.

މީގެ އިތުރުން 48 ސަފްހާގެ މައްޗަށް އެކުލެވޭ މި ދިރާސާގައި ނިރުބަވެރިކަމަށް ހިއްވަރުލިބޭ ބައެއް އެޑްތަށް ނުވަތަ ވީޑިއޯ އިސްތިހާރުތަށް ފޭސްބުކުން އޮޓޯ ރީޖެނެރޭޓް ކުރާ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

މި ތުހުމަތުގެ އިތުރުން މީގެ ކުރިން އިސްލާމްދީނާއި ދެކޮޅު މީހުން ހިންގާ ޕޭޖްތަކުން ނަފްރަތު އުފައްދަން ފުރުސަތު ދިން ނަމަވެސް އިސްލާމްދީނާއި ދެކޮޅު މީހުންގެ ވާހަކަތައް ފަތުރާ ފޭސްބުކް ޕޭޖްތައް ފޭސްބްކް އިން ރިމޫވް ކުރުމުގައި އިންސާފުވެރި ހަމައެއް ނުގެންގުޅޭ ކަމުގެ ތުހުމަތު ފޭސްބްކްގެ މައްޗަށް ކުރެވިގެން ދިޔައެވެ.