އޮސްޓްރިޔާގެ ޕްރައިމަރީ ސްކޫލްތަކުގައި ބުރުގާއެޅުން މަނާކުރާ ގާނޫނެއް އެގައުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

2017 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮސްޓްރިޔާގައި 7 ލައްކަ މުސްލިމުން ދިރިއުޅެއެވެ. ބުރުގާ މަނާ ކުރުމުގެ ގާނޫނަށް އިދިކޮޅު ހުރިހާ މެންބަރުންހެން ވަނީ ދެކޮޅަށް ވޯޓުލާފައެވެ. ގާނޫނުހަދާ މަޖިލީހުގެ އަމިއްލަ މެންބަރަކު ވަނީ ބުރުގާ މަނާކުރުމާ ދެކޮޅު ހެދުމުގެ ގޮތުން ބުރުގާ އަޅައިގެން މަޖިލީހަށް ހާޒިރުވެފައެވެ.

ގާނޫނުގައި ވަނީ 10 އަހަރުން ދަށުގެ އަންހެންކުދިން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރަން ހުށަހަޅާފައެވެ.

މިގާނޫނު ފާސްކުރުމާ ގުޅިގެން އޮސްޓްރިޔާގެ މުސްލިމުން ވަނީ ކޯޓަށް ދާން ނިންމާފައެވެ. އޮސްޓްރޮޔާގައި ފާސްކުރި މި ގާނޫނުގައި ބުނަނީ ވަކި ވިސްނުމަކަށް ތަބާވުމުގެ ގޮތުން ނުވަތަ ދީނީ ގޮތުން ގަބޫލުކުރާކުރުމަކާއި ގުޅިގެން ބޯނިވާކުރުން މަނާކުރާ ވާހަކައެވެ.

ޕްރައިމަރީ ސްކޫލަކުގައި އަންހެންކުދިން ބުރުގާއެޅުން މަނާކުރުމުން، މުސްލިމް އަންހެންކުދިން އެކަހެރިކުރުން ކަމަށް އެގައުމުގައި ދިރިއުޅޭ މުސްލިމުން ވަނީ ބުނެފައެވެ.

އޮސްޓްރިއާގެ މުސްލިމުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 1960 އާއި 1970 ގެ އަހަރުތަކުގެ ތޭރޭގައި އެގައުމަށް ހިޖުރަކުރި ތުރުކީ މަސައްކަތްތެރިންގެ ދަރިފަސްކޮޅެވެ.

ޔޫރަޕްގެ އިތުރު ޤައުމުތަކުގައިވެސް މޫނު ބުރުގާ އެޅުމަކީ މަނާކަމެއް ކަމުގައި ނިންމާފައިވާއިރު، ފުރަތަމަ ފަހަރަށް މިފަދަ ނިންމުމެއް 2009 ވަނަ އަހަރު ނިންމާފައިވަނީ ފުރާންސްއިންނެވެ. އަދި އެއާ ޖެހިގެން މޫނު ބުރުގާ އަޅަން މަނާ ކުރި ޤައުމަކީ ބެލްޖިއަމްއެވެ.

ބެލްޖިއަމްގެ އިތުރުން، ޑެންމާކް, ޖާމަނީ އަދި އޮސްޓްރިއާގައި ވެސް އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން އޮންނަނީ މަނާކޮށްފައެވެ. މުސްލިމުންނަށް ދުއްތުރާކުރުމުގެ ގޮތުން އެޤައުމުތަކުގައި މިގޮތަށް ޤަވާއިދު ހަދާފައިވާއިރު، މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މޫނު ބުރުގާ އަޅައިގެން ތިބޭ އަންހެނުންނަށް އެޤައުމުތަކުން ވަނީ އަނިޔާލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    އޮސްޓްރޭލިޔާގަ އުޅޭ ދޮން މީހުނަކީ ވެސް ހިޖުރަ ކުރި ބައެކެވެ. އެމީހުންގެ ތާރީހް ރީއްޗެއް ނޫނެވެވ.

    3
    1
  2. މުމްތާޒާ

    ބުރުގާއެޅުން މަނާކުރުމަކީ އިސްލާމްދީނަށް ގޮންޖެހުމެވެ. އެކަމަކު މޫނުބުރުގާއެޅުން މަނާކުރުމަކީ އިސްލާމްދީނަށް ދެވުނު ނަޞްރެކެވެ.

    5
    4
    • ގުއި

      ދެން ކިޔެއްވެ ރަސޫލާ ގެ އަނބިކަނބަލުން މޫނު ބުރުގާ ތުރުކުރެއްވީ؟ މޮޔަ ވާހަކަ ނުދައްކާތި....

      6
      1