މިހާރު އިންޑިއާގައި ކުރިއަށްދާ އާއްމު އިންތިޚާބުގައި އިތުރު ދައުރެއް ކާމިޔާބު ކުރުމަށް ވަރަށް ވަރުގަދައަށް ކެމްޕޭން ކުރަމުން ގެންދާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ކެމްޕޭންގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ފަހު "އަޅުކަން ކުރުމުގެ ޗުއްޓީއެއް" ނަގައިފިއެވެ.

ހިންދޫން މުގައްދަސް ތަނެއް ކަމަށް ބަލާ ހިމާލިއާ ސަރަހައްދުގެ ހޮހޮޅައަކަށް އަޅުކަން ކުރަން މޯދީ މިހާރު ވަނީ ޒިޔާރަތް ކޮށްފައެވެ.

900 މިލިއަން މީހުންނަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓް ލުން ނިމި ނަތީޖާ އިއުލާން ކުރަން ފަށާނީ މެއި މަހުގެ 23 ވަނަ ދުވަހު އެވެ. ހިންދޫގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އިންޑިއާގެ އާއްމު އިންތިޚާބު މިފަހަރު ވެސް މޯދީގެ ޕާޓީ ބީޖޭޕީ އިން ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް މައިނޯރިޓީ ދީންތަކުގެ މީހުންނާއި މެދު އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުންނާއި، ވަޒީފާނެތް މީހުންގެ އަދަދު އިތުރުވެ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުން ދިއުމުގެ ސަބަބުން މޯދީ އަށް މިފަހަރުގެ އިންތިޚާބު މާފަސޭހަ ނުވާނެ ކަމަށް ދެކޭ މީހުން ވެސް އެބަތިއްބެވެ.

އަޅުކަން ކުރަން މޯދީ ޗުއްޓީއެއް ނަގާފައި ވާއިރު މާޗް މަހުން ފެށިގެން މޯދީ ގެންދަނީ ވަރަށް ބުރަކޮށް ކެމްޕޭންގައި ބައިވެރިވަމުންނެވެ. އެވްރެޖްކޮށް ކޮންމެ ދުވަހު މޯދީ ތިން އެއްވުމެއްގައި ވާހަކަދައްކައެވެ. ކެމްޕޭން ފެށި ފަހުން މޯދީ ވަނީ މިހާތަނަށް 142 ކެމްޕޭން އެއްވުމުގައި ވާހަކަދައްކާފައެވެ. އެއެއްވުންތަކުގައި 15 މިލިއަން މީހުން ބައިވެރިވެފައިވާ ކަމަށް ބީޖޭޕީ އިން ބުނެއެވެ.

މޯދީ އާއި އިންތިޚާބުގައި ވާދަކުރަނީ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސީނު

    އަޅުކަންކުރެވެނީ ވަކިކުލައެއްގެ ހެދުމެއްގަތަ؟

    7
    2
    • ޞޯދު

      އިސްލާމްދީނުގައިވެސް ބައެއް އަޅުކަންތަކުގައި ވަކިކުލައެއްގެ ހެދުން ލައިއުޅޭ. މިސާލަކަށް ހައްޖު ގައި ހުދުކުލައިގެ ފޭރާންލުން. ސީނުތީމުސްލިމެއްތަ ނޫނީ ކާފަރެއްތަ؟

      3
      8
      • އައްޔު

        ސޯދު ކަޅު ކުލަ ހުދުކުލަ އަދި މަޑުއެކިއެކި ކުލަތަށް ބޭނުންކުރުމަކުން މައްސަލައެއްނެތް ހަމައެކަނި ރީނދޫކުލަފިޔަވާ

  2. ބޮލި މުލައް

    ތިތަބަށް އިބޫއާ ޝާހިދު ފޮނުވަންއުޅޭ