އާދަޔާއި ޚިލާފަށް ހޫނުގަދަވެ އިސްރާއިލްގެ ފަރުބަދަމަތީ ސަރަޙައްދެއްގައި އިއްޔެ ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރި ބޮޑެތި ގެއްލުން ލިބެމުން ދާތީ އެޤައުމުގެ ހަ އަވަށަކުން މީހުން ހުސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި ރޯވި އަލިފަންގަނޑު ހަލުވިކަމާއެކު އެޤައުމުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ފެތުރެމުންދާއިރު، އާންމުންނަށް ވަނީ ނުރައްކާ ބޮޑުވެފައެވެ. މިގޮތުން މިހާތަނަށް 3500 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރެވިފައިވާއިރު، ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އަދި ހީޓް ސްޓްރޯކެއް ޖެހިގެން އިސްރާއިލް މީހަކު ރޭގެ ވަގުތެއްގައި ވަނި މަރުވެސް ވެފައެވެ.

އިސްރާއިލް ސިފައިންނާއި ފަޔާފައިޓަރުން، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި އިއްޔެއިން ފަށައިގެން ކުރަމުންދާއިރު، އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ދަނީ އިތުރަށް ފެތުރެމުންނެވެ. މިކަމާއި ގުޅިގެން، ކަންބޮޑުވެފައިވާ ހާލުގައި އިސްރާއީލުން ވަނީ އަލިފާން ނިއްވުމުގައި ޤައުމުތަކުގެ އެހީ އާއި މަދަދަށް އެދިފައެވެ.

އިސްރާއިލްގެ ބައެއް ހިސާބުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ހުނުގަދަވުމާއި ގުޅިގެން އެޤައުމަށް ބޮޑު މުސީބާތަކާއި ކުރިމަތިވެފައި ވާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ހޫނުމިން ދަށްވާނެ ކަމަށް ބެލެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ނުރައްކާ ދެގުނަވެ އެޤައުމުގެ އާންމު ޚިދުމަތްތަކަށްވެސް މިހާރު ވަނީ ބުރޫ އަރާފައެވެ.

އިސްރާއިލްގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެ ކޮންޓްރޯލެއް ނެތި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ރޯވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި، އެޤައުމުން ފަލަސްތީނުގެ މުސްލިމުންގެ އަތުން ފޭރިގަނެ ޔަހޫދީންގެ ބޯހިޔާވަހިކަން ޤާއިމްކޮށްފައިވާ ސަރަޙައްދުތައް ހިމެނެއެވެ. މިއިން ބައެއް ސަރަޙައްދުތަކަށް އަލިފާނުގެ ސަބަބުން ވަނީ އަނދައި އަޅިޔަށްވެ ބިމާއި ހަމަވެފައެވެ.

މި ނުރައްކާތެރި ހާލަތު އިސްރާއިލްގެ ޔަހޫދީންނަށް ކުއްލި ގޮތަކަށް ކުރިމަތިވެ ގެދޮރު ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ސަރަޙައްދުތަކަށް ދާން މަޖުބޫރުވެފައި މިވަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ރޯދަމަހާއި ދިމާކޮށް ޣައްޒާގެ ނިކަމެތި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތައްދީ މުސްލިމުންގެ ގެތައް ގޮއްވާލައި ސުންނާފަތިކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ފަލަސްތީނުގެ 25 މުސްލިމަކު ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މޫސަ

    ﷲ ގެ ކުޅަދުންވަނތަކަމާއެވެ. ބަޑިޔަކުން ވީކަމެއްނެއް. ﷲ އަކުބަރު

    141
    3
  2. ސީނު

    ﷲގެ ކޯފާ ގަދަފަދަ ވެގެންވޭ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ކޮންމެ ކުއްޖަކީ އަހަރެންގެ ދަރިއެއް. ޔާﷲ އިޒްރޭލް ސުންނާފަތި ކުރައްވާފާންދޭވެ އަދި މުސްލިމް ފަލަސްތީން މީހުންނަށް ގަދަފަދަކަން ދެއްވާ ފާންދޭވެ. ތި އަލިފާނަކީ އެނުބައި ޔަހޫދީންގެ ނިމުން ކަމުގައި ލައްވާންދޭވެ. އާމީން.

    98
    2
  3. ﷲއަކުބަރު.

    ﷲ އަކުބަރު ﷲ އަކުބަރު ﷲ އަކުބަރު ހައްގައް ަަަަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    71
    2
  4. ޙުސައިން މ މުލި

    ޔާ ﷲ ވަރުގަދަ އިބުރަތެއް ހާސިލްވާވަރު ކޮށްލާނދޭވެ.

    72
    1
  5. އަފްލާ

    ﷲ އަކްބަެުރު ކިތަންމެ ބާރު ގަދަސް ނުކުރެވޭނެ ކަންތައްތައް ހުންނާނެ އެހެންމީހުންގެ އެހީތެރިކަންވެސް ބޭނުންވާނެ ނަތަނޔާހޫ އައް އބުރތެއް މިއީ

    67
    2
  6. .މަމެން ރާއްޖެތެރެ.

    ޢާރާއި ބާރުގަދަކަން ދައްކަމުންދާ އެމެރިކާގެ ކާފަރުން މިކަން ކަމުން އަސަރުކޮށް އިސްލާމުން ނައްކުރާ އަނިޔާ ހުއްޓާނެނަމަ

    67
    1
  7. އިކުރާމް

    އިސްރާއީލުންގެ އަނިޔާވެރިކަމުން ފަލަސްތީން ތާއަބަދަށް ހިމާޔަތްކުރައްވާށި! އާމީން

    78
    2
  8. ތަހުތު

    ޔާﷲ ނަތަންޔާހޫގެއަލިފާނުންނެތިކުރައްވާންދޭވެ

    65
    1
  9. ރުޅި

    ކަލޭމެން ކިތަންމެ ރުޅިއެއް އަޔަސް އިޒްރޭލާ އަރާ ހަމަކުރެވޭނެ އަރަބި އެއްވެސް ގައުމެއް ނެތް.

    3
    87
    • Anonymous

      ލާދީނީ ބޮޑޭ. ހަމަ އެއްޗެކޭ ނުބުނެ ނުހުރެވޭ ދޯ.

      27
      2
    • އަޒޫ

      ކޮންމެ ކަމަކައްވެސް ކުޅަދުންވަންތަ

      22
    • ކުނި

      ދެން ރުޅި ދާންވީނު އިސްރާއީލްގެ ނޫސްތަކަށް ކޮމެންޓްކުރަން؟ އިސްރާއީލް މީހުން ބާރުގަދަވިމަ ދޯ އެމެރިކާއިން ދީފައި ހުރި ހުރިހާ ހަތިޔާރެއް ބޭނުންކޮސްގެންވެސް ހިޒްބުﷲ ބަލި ނުކުރެވި ލަދުން ފައިބައިގެން ދަން ޖެހުނީ؟ އޭގެ ފަހުން އެމީހުން ހިޒްބުﷲ އަކާ ހަނގުރާމައެް ނުކުރެ. ތިކަހަލަ ގަމާރަކަށް މިކަންކަން ނޭންގިދާނެ. ކެކެކެކެކެ

  10. އަހުމަދު

    الحمد لله
    އިޒުރާއީލުގެ އަނިޔާވެރިން ނިކަމެތި ކުރައްވާންދޭ
    ފަލަސްތީނުގެރައްޔިތުންނަށް އަމާންކަމާ އެކު އެމީހުންގެ ބިންތަކުގައި ދިރިއުޅުމުގެ ހެޔޮތައުފީގު ދެއްވާންދޭ آمين

    72
    2
  11. މުސްލިމް

    މިއުޅެނި ކޮން ރުޅިއެއް ރުޅޭ ކިޔާގެން މިއުޅެނި ބޮޑު ކާފަރެއް ފާޑު ފާޑު ނަން ކިޔާގެން ﷲއައް ގޮންނުޖަހަ ޔާﷲ މިކަހަލަ މުނާފިގުން ނެތިކުރައްވަ މުސްލިމުންގެސަފުތައްވަރުގަ ކުރައްވާ އިސްރާއީލް މިދުނިޔޭން ނެތިކުރައްވާން ދޭވެ އާމީން

    38
    2
  12. ޖޮއްބެ

    ޔާﷲ އިސްރާއީލު އެއްކޮށް އަނދައިގެންދަންދެން އެގައުމަށް އިބަރަސްކަލާނގެ ކޯފާގެ އަލިފާން ފަތުރުއްވަވާފާނދޭވެ. އާމީން.

    16
    2
  13. ނުރަބޯ

    ﷲ އަކްބަރު.

    22
    1
  14. ޔޫސުފް

    ވިސްނާ ފިކުރުކޮށްބަލާﷲގެ ޢަޛާބުގެ މުޞީބާތް އަންނަގޮތް ކޮންމެ ރަމަޟާން މަހަކު ކުޑަކުދިން ނާއެކު މީހުންތައް މަރަމުން ޔަހޫދީންތައް މިއަދު އުޅޭހިތްދަތިހާލު މިއަދު އެމީހުންގެ ބާާރާާޢި،އާރު މޮޅު ހތިޔާރު މިއަދު ކޮބާ؟އެއްކަލަ ވަރުގަދަ މޮޅު ޓުަރަންޕް ކޮބާ؟މޮޅު ބާރުގަދަ އެމެރިކާއަށް ކޮށްދެ ވުނީ ކޮންކަމެއްތަ؟މުސްލިމުން ވަރުގަދަ ހަތިޔާރަ ކީ ﷲގެ އެއްކައުވަންތަކަން އެކަލާގެއަށް ދުޢާ ދެއްނެވުން.އަދި ކެއްތެރިކަމާއި އެކު ދުޢާކުރުމު ގައި ސާބިތުވެހުރުން

  15. ދދދދދދދ

    ތިއެއް ނޫން އަދި ކަލޭމެންނަށް އިހްސާސް ކުރަން ޖެހޭނެ ހޫނަކީ