މާދަމާއަކީ ސައުދީ އަރަބިއްޔާ އަށް އީދު ދުވަސް ކަމަށް ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓަރ ސުލްތާން ބިން ސައީދު އަލް ބަދީ ދެންމެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ޝައްވާލް މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް ފެނިފައި ވާތީ މާދަމާ އަކީ ސައުދީ އަރަބިއްޔާ އަށް ފިތުރު ޢީދުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވޭތު އަދި އެހެނިހެން ގަލްފުގެ ގައުމުތަކުން ވެސް ފިތުރު ޢީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނީ މާދަމާ އެވެ.

ނަމަވެސް މުސްލިމުންގެ އާބާދީ ބޮޑު ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ އަދި ޕާކިސްތާންގެ އިތުރު އޭޝިއާގެ ގިނަ ގައުމުތަކުން ޢީދު ފަށާނީ ބުދަ ދުވަހު އެވެ.

މާދަމާ އަކީ ފިތުރު ޢީދު ދުވަސް ކަމަށް ކަނޑައެޅުމުން ގިނަ މުސްލިމުން ގެންދަނީ އެކަކު އަނެކަކަށް ތަހުނިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.