މިމަހު 13 އިން 14 އަށް އޮންނަ ޝަންގައި ކޯޕްރޭޝަން އޯގަނައިޒޭޝަންގެ ސަމިޓްގައި ބައިވެރިވުމަށް ކަޒަކިސްތާނަށް ކުރާ ދަތުރުގައި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީ ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރަން ނިންމައިފިއެވެ.
ޕާކިސްތާނުގެ ސަރުކާރުން ޕާކިސްތާނުގެ ވައިގެ މަތިން ދަތުރު ކުރުމުގެ ހުއްދަ އިންޑިޔާގެ ބޮޑު ވަޒީރު ދަތުރު ކުރައްވާ ފްލައިޓަށް އިއްޔެ ދީފައިވާއިރު، މިއަދު އިންޑިޔާއިން ބުނެފައިވަނީ ބޮޑު ވަޒީރުގެ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ބޭރުން ކަމަށެވެ. މިހާރު ކަޒަކިސްތާނަށް އިންޑިޔާގެ ފްލައިޓް ދަތުރު ކުރާނީ އޮމާން، އިރާން ވައިގެ މަގުންނެވެ. މި ރޫޓްއަކީ ޕާކިސްތާނުގެ މަތިން ދިއުމަށްވުރެ އެތައް ވަގުތެއް ނަގާ ރޫޓް އެކެވެ.
އިންޑިޔާއިން މިފަދަ ގޮތަށް ނިންމާފައިވާއިރު، ދާދިފަހުން އިންޑިޔާއިންވަނީ ޤަވާއިދާ ޚިލާފަށް އިންޑިޔާގެ އަސްކަރިއްޔާގެ ޖެޓެއް ޕާކިސްތާނުގެ ބޯޑަރުގެ ތެރެއަށް ފޮނުވާލާފައެވެ. އެފަހަރު އެ ޖެޓްވަނީ ޕާކިސްތާނުގެ ބޯޑަރުގެ ތެރެއަށް ވެއްޓިފައެވެ.
ދާދިފަހުން އިންޑިޔާގެ ބޮޑު ވަޒީރު، ރާއްޖެ ވަޑައިގެންނަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ބިރުންދޯ. ވަގުތުޖެހުމުން ހަމަ ދާންޖެހޭނީ.
މިރާއްޖެ މަތިން ދަތުރު ނުކުރަން ސުންޕާބަލާ ނިންމަބަލަ. ޕާކިސްތާނަށް މަރުހަބާ!