ވޮޝިންޓަން ޕޯސްޓްއަށް ލިޔަމުން ދިޔަ، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވާ ކަމުގެ ހެކި ލިބިފައިވާއިރު ޚާޝޮގީ މަރާލުމުގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ސައުދީގެ އިސް ފަރާތްތަކެއްގެ ބައިވެރިވުން އިވެދާނެ ކަމުގެ ހެކި އދ ގެ ތަހުގީގު ޓީމުގެ އޮފިސަރަކަށް ލިބިއްޖެއެވެ.

އދ ގެ ތަހުގީގު ޓީމުން ނެރުނު 100 ސަފުހާގެ މި ތަހުގީގު ރިޕޯޓާއި ގުޅޭގޮތުން ސައުދީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްއަށް ދިޔަ ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ހޯދުމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ގޮސް 9 ގަޑިއިރުގެ ވަންދެން އެތަން ބަލާފާސްކޮށްފައެވެ.

މިތަން ބަލާ ފާސްކުރުމުގައި ހަރަކާތްތެރިވި އިސް އޮފިސަރަކު ބޭރުގެ މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް ހޯދިފައިވަނީ ކޮން ކަހަލަ ހެއްކެއް ކަމެއް އޮފިޝަލް ހާމަކޮށްފައިއެއް ނުވެއެވެ.

ތުރުކީއިން މިމައްސަލައިގައި ސައުދީއިން ނޫސްވެރިޔާ މަރާލާފައިވާ ކަމުގެ ތުހުމަތު ތަކެއް ކޮށްފައިވީނަމަވެސް، ސައުދީއިންވަނީ މިކަން ދޮގުކޮށްފައެވެ. އަދި ތުރުކީގެ ރައީސް މީގެ ކުރިން ބުނެފައިވަނީ ސައުދީގެ ކޮންސިއުލޭޓް ތެރޭގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.

ޖަމާލް އަހުމަދު ޚާޝޮގީ އަކީ އަމިއްލައަށް ތުރުކީއަށް އަރުވާލެވިގެން ހުރި މީހެކެވެ. މިމީހާ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ސައުދީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ލިޔަމުން ގެންދިޔަ ނޫސް ހުއްޓުވާލުމަށް ފަހު އޭނާއާއެކު މަސައްކަތް ކުރި މީހުން ޖަލަށް ލުމާއި ގުޅިގެންނެވެ.

މި ނޫސްވެރިޔާއަކީ ސައުދީ އަރަބިއްޔާގެ ވަލީ އަހްދަށާއި ސައުދީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ލިޔެފައިވާ ނޫސްވެރިއެކެވެ. އަދި އޭނާ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ކުރިން ކައިވެނިކުރި ސައުދީ އަންހެން މީހާގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ. ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން އޭނާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާލު

    ބޭކާރު ވާހަކަ ދައްކާމީހުންނާއި ރަސްކަމައް ނުރައްކަލަކަށް ވާކަހަލަ މީހުން އިނގިރޭސި ވިލާތުން ވެސް މަރާލާ (މިސާލަކަށް ޑަޔާނާ އަރައްބަކާ އިންނަން އުޅުމުން އިނގިރޭސިން ވަނީ އެދެމީހުން މަރާލާފަ).