އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކޮށްލައިފި އެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި މި ކުއްޖާ ރޭޕް ކޮށްލާފައިވަނީ 5 މީހުންގެ ގުރޫޕަކުންނެވެ.

ފުލުހުން ވަނީ މި ފަސް މީހުންގެ ތެރެއިން ތިން މީހުން ހައްޔަރު ކޮށްފައެވެ. މި ފަސްމީހުންގެ ތެރެއިން ގިނަ މީހުންނަކީ ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ ބޭބެގެ ރައްޓެހިންނެވެ.

ފުލުހުން ބުނިގޮތުގައި މި ކުއްޖާ ދިއްލީގެ ދެ ސަރަހައްދެގައި ރޭޕްވި ކަމަށް ހީކުރެވޭތީ މި މައްސަލަ ބަލަންވީ ކޮން ޕޮލިސް ސްޓޭޝަނެއްގެ ފުލުހުންތޯ މިހާރު ބަލަމުންދާކަމަށެވެ.

އިންޑިއާގައި ރޭޕުކުރުމަކީ އާއްމު ކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތަށް ވަނީ އިންތިހާ އަށް ބޮޑުވެފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ.

އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިނާލާ

    ވަން އޮފް މައި ކަޒިން.

  2. ވެއްޖެތަ

    އެއްޖިންސުން ގުޅުން ހިންގުމާ، ކައިވެނިން ބޭރުން ގުޅިގެން އުޅުން ހުއްދަކުރީމަ ރޭޕް މަދުވާނެކަމަށް ބަޔަކުމީހުން ބުނަމުންދިޔަ....

    9
    1
  3. ރިޒާ

    މިޤައުމުގައި މިވަރަށް ވަގުންގެ ވާހަކަ މަޖިލީހުގައި ދައްކާއިރު ވަގުތުގެ ރިޕޯޓަރުން ތިއުޅެނީ އިނަޑިއާގައި ކުރާކަންތައް ބަލަން ... ބަލަ ކަލޭމެނަނަކަށް ވައްކަމުގެ ވާހަކަ މުހިއްމެއްނޫންތަ؟
    އެވެސް ދީނާ ވަރަށް ބޮޑަށް ގުޅިފައިވާކަމެއް

    5
    8
  4. ޢަބްދުއްލަޠީފު

    ރޭޕިސްތާނުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް ވެސް އެހެރީ ހޮވާފަ. ދެން ތުހުމަތު ކުރާމީހުންނަކީ ކޮބައިބާ؟

    1
    1