އޭޝިއާގެ އެންމެ ބާރުގަދަ ގައުމަށް ވަމުން އަންނަ އިންޑިއާއިން އަންނަ ހަފްތާގައި ހަނދަށް އުޅަނދެއް ފޮނުވަން ނިންމައިފިއެެވެ.

މިމަހު 15 ވަނަ ދުވަހު ފޮނުވާ "ޗާންދުރަޔާން 2" ގެ ނަމުން ނަންދީފައިވާ މި އުނޅަދު ދިގު ރާސްތާއަކަށް ފަހު ޖައްސާނެ ކަމަށް ބެލެވިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ޗާންދުރަޔާން 2 ގެ މަސައްކަތަކަށް ވާނީ ހަނދުގެ މަތީ ފަށަލާގައި ހުރި ފެނާ މިނަރަލާއި ގަލުގެ ސާމްޕަލްތަކުން މައުލޫމާތު ހޯދައި އެއްކުރުމެވެ.

ހަނދުގައި ހަރަކާތްތެރިވާ މި އު ޅަދު 14 ދުވަސް ވަންދެން ހަނދުގައި މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރި ވާނެ އެވެ.

އިންޑިއާއިން މީގެ ކުރިން 2008 ގައި "ޗާންދުރަޔާާން 1" ޖައްވަށް ފޮނުވި ނަމަވެސް އެ އުޅަނދު ހަނދުގައި ބަނދަރުކޮށްފައެއް ނުވެއެވެ.

ދުނިޔޭ ގައުމުތަކުގެ ތެރެއިން ހަތަރު ވަނައަށް ހަނދަށް އުޅަނދެއް ބަނދަރު ކުރުވި ގައުމުގެ ލަގަބު އިންޑިއާގެ މި ދަތުރު ކާމިޔާބުވެއްޖެ ލިބޭނެއެވެ.

ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާ އިރަށް މާސް އަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ހަނދަށް ދިއުމުގެ ގާބިލުކަން ލިބިފައި ހުއްޓަސް ކުރަންޖެހޭ ހަރަދާއި އަޅާ ބަލާ އިރު އިންސާނުން ހަނދަށް ފޮނުވުމަކީ ހަގީގަތުގައިވެސް ބޭކާރު ކަމެކެވެ.

ސަބަބަކީ އިންސާނުންގެ ފުރާނަ ގުރުބާން ނުކޮށްވެސް މިހާރު ހަނދުގެ ދިރާސާތަށް ކުރެވެން އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޖަހުލު

  ދިވެހި ޖާހިލުން ހޭނެތިދާނެ

  3
  1
 2. ގޮއްޔެ

  ދޭ. ގޮއްސަ ދެން ނާންނާތި. ތިދަތުރުގަ ފޮނުވަން ޖެހޭ ބަޔަކު ރާއްޖޭގަވެސް އެބަތިބި. އެމީހުންވެސް ގޮވައިގެން ދާތި.

  10
  1