އިނގިރޭސިވިލާތުގެ ޒުވާނަކު 50 މިނެޓަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ ޝާނެ ޖެންކިންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އޭނާ އަވަޓެރިއެއްގެ ގޭގެ ބިއްލޫރި ގަނޑު ތަޅާލުމަށް ފަހު ފިލި މައްސަލައެއްގައެވެ.

ޝާނޭ ޖެންކިން އަށް މި އިއްވި ހުކުމަކީ އިނގިރޭސިވިލާތުގައި މީހެއްގެ މައްޗަށް އިއްވި އެންމެ ކުރު ހުކުމް ކަމަށް ރިޕޯޓްތައް ބުނެފައެވެ.

ޝާނޭ ޖެންކިންގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރު ވަނީ އޭނާ ޖަލުގައި ހޭދަ ކުރާ 50 މިނެޓުގައި މާއާފަށް އެދި ސިޓީ ތައް ލިޔުމަށް އެދިފައެވެ.

މިދިޔަ މޭމަހު ކުރި ކުށުގައި އޭނާ ވަނީ ފިލުމުގެ ތެރޭގައި ދެ ފުލުހަކަށް ވެސް ހަމަލާ ދީފައެވެ.

ޝާނޭ ޖެންކިން ޖަލަށް ލާން ހުކުމް އިއްވުމުގެ ކުރިން އޭނާ ވަނީ ބިއްލޫރި ގަނޑު ތަޅާލި ގޭގެ ވެރިފަރާތުގެ ކިބައިން މާއަފަށް އެދި 2 ސިޓީ ލިޔެފައެވެ. އެސިޓީގައި އޭނާ ކުރެވުނު ކުށަށް ހިތާމަ ކުރާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.