އިންޑިއާގައި ރޭޕް ކުރުން އިންތިހާއަށް ބޮޑުވެފައިވާއިރު، އަނެއްކާވެސް ކުއްޖަކު ރޭޕްކޮށް، މަރާލައިފިއެވެ.
އިންޑިއާގެ ރާޖިސްތާންގެ ދައުސީ ޑިސްޓްރިކްގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އިއްޔެ ރޭޕް ކުރި ކުއްޖާ ހަސްފަތާލަށް ގެންދިޔައީ އެތަކެއް ބޮޑެތި ޒަހަމްތަކާ އެކުގައި ކަމަށެވެ. ރޭޕް ކުރުމަށްފަހު ކުއްޖާއަށް ޖިސްމާނީ އަނިޔާތައް ދީފައިވާއިރު، އެ ކުއްޖާ މަރުވެފައި ވަނީ މިއަދުުގެ ވަގުތެއްގައެވެ. މަރާ ގުޅިގެން އަދި ރަސްމީ ފަރާތަކުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، ފުލުހުން ބުނެފައި ވަނީ ވަކި އެއްޗެކޭ ބުނެވޭނީ ޕޯސްޓް މޯޓަމް ރިޕޯޓަށް ފަހުގައި ކަމަށެވެ.
ކުއްޖާގެ ބައްޕަ ފުލުހަށް ކިޔައިދީފައިވާ ގޮތުގައި، އޭނާގެ އަންހެން ދަރިފުޅު ރޭޕް ކޮށްފައި ވަނީ ކާކުކަން ނޭނގޭ މީހެއް ކަމަށެވެ. ކުއްޖާ ރޭޕް ކުރުމާއެކު ބަލާޖީ ފައްޅިއަށް ކުއްޖާ ގެންގޮސް، ފަރުވާއެއް ދިނުމަށް އާއިލާއިން މަސައްކަތް ކުރި ކަމަށްވެސް ބައްޕަ ބުނެފައިވެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައީ ކުއްލިއަކަށް ހާލު ސީރިއަސްވީ ފަހުން ކަމަށްވެސް ބައްޕަ ބުންޏެވެ.
އިންޑިއާގައި ރޭޕްގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާއިރު، އިންޑިއާގެ އާންމުން ވަނީ ރޭޕާ ދެކޮޅަށް އަޑުއުފުލާ ގިނަ މުޒާހަރާތަކެއްވެސް ކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް އިންޑިއާގައި ރޭޕް ކުރާ ނިސްބަތް ކޮންޓްރޯލް ނުވާކަން ފާހަގަވެފައިވެއެވެ.
ކޮބައިތަ ޖެންޑާ މިނިސްޓަރު ސިދާތާ.
މިއަކަށް އޭނަ ކިޔަންވީނު އަންހެނުން ބާރުވެރި ކުރެވުމެކޭ !
ރޭޕިސްތާނުގެ ފާދިރީން ރޭޕް ގެ އަސަރު އެމަންޖެގެ ގައިން ތިޔަ ފިލުވާލީ!