ތުރުކީގެ އަވަށަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުންތަކާއި ސުނާމީތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 5.8 ބާރު މިނުގައި ތުރުކީގެ ޑެނެޒިލީއަށެވެ. ނަމަވެސް ތުރުކީން ބުނާ ގޮތުގައި ބިންހެލުން އައީ 6.5 ގެ ބާރުމިނުގައެވެ.

ބިންހެލުން އައި ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ، ފަތުރުވެރި މަންޒިލެކެވެ. އެ ސަރަޙައްދަށް ބިންހެލުން އައި ވަގުތު އެ ގިނަ ބަޔަކަށް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވުނެވެ.

މި ބިންހެލުން އައި ސަރަޙައްދަކީ ތާރީޚީ ބިނާތައްވެސް ގިނަ ސަރަޙައްދަކަށްވާއިރު، ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ.

ތުރުކީ އޮންނަނީ ބިންހެލުން އައުން އާއްމު ސަރަހައްދެގައެވެ. ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދެއެވެ.

7.4 ބާރު މިނުގައި 1999 ވަނަ އަހަރު މި ސަރަހައްދަށް އައި ބިންހެލުމެއްގައި 17,000 އަށް ވުރެގިނަ މީހުން މަރުވެ 285000 ވުރެން ގިނަ އިމާރާތް ބިމާ ހަމަވިއެވެ. އަދި 600000 މީހުންގެ ގެދޮރު ގެއްލުނެވެ.

1999 އަހަރު އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރީ ތުރުކީގެ އިޒްމަދް އާއި ގުލްޖުކް އަށެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޓޯ

    ގިޔާމަތް ދުވަހުވެސް ބުނާތި ދުނިޔެ މި އޮތީ ގިޔާމަތް ވާނެ ސަރަހައްދެއްގައޭ. ކޯފާއެއް ފޮނުއްވިޔަސް މީސްތަކުން މަގު ފުރެއްދުމާ އޮޅުވާލުމުގަ. އިންސާނަކު ގެއްލިއްޖެ ނަމަ މި ބިންމަތި ފުރޮޅާލާގެން ވެސް ތިބުނާ ބަޔަކަށް ނުހޯދޭ. ގެއްލުނު މެލޭޝިއަން އެއާ ލައިން އަދިވެސް ނުފެނޭ. އެވަރު ބަޔަކަށް ބިމުގެ އެތައްހާސް މޭލު އަޑީގަ ވާ އަލިފާން ފަރުބަދަ ތަަކާ އޭތި މީތި އެނގޭކަމަށް ބުނެގެން ގަބޫލު ކުރާނީ ބޯގަޅިން..

    13
    1