ހަ މީހުންނާއި އެކު އިންޑިއާގެ އެއަރ ޗާރޓާ ސާރވިސްގެ ތަމްރީނު ހަރަކާތެއްގައި ބޭނުންކުރަމުން ދިޔަ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުން އިންޑިއާގެ އަމިއްލަ ކުންފުންޏެއްގެ ސެސްނާ ސިޓޭޝަންގެ 650 (VT-AVV) މަރުކާގެ މި މަތިންދާ ބޯޓު ވެއްޓިފައިވަނީ ރަންވޭގައި ޖައްސަން އުޅެނިކޮށް، މަތިން ދަމާފައިވާ ކަރަންޓު ނަރެއްގައި ފުލައިޓުގެ ލޭންޑިން ގިޔަރު އަޅައިގަތުމުންނެވެ.

މި ހާދިސާ ހިނގި ވަގުތު، ފްލައިޓުގައި ތިބި 6 މީހުންވެސް ސަލާމަތް ކޮށްފައިވާ ކަމަށް އިންޑިއާގެ ސާރޗް އެންޑް ރެސްކިއުގެ ޓީމަކުން ބުނެފައިވެއެވެ.

https://twitter.com/zulqarnainpti1/status/1166515267041734657?s=19

ފްލައިޓު ވެއްޓިފައިވަނީ އިންޑިއާގެ އިރުމަތީގައި އޮންނަ އުއްތަރަ ޕަރަދޭޝް އަށެވެ. އެއަރ ޗާރޓާ ސާރވިސްއަކީ ދުނިޔޭގެ ޕްރައިވެޓް ފްލައިޓުގެ ހިދުމަށް ދެމުން އަންނަ ދުނިޔޭގެ އެންމެ މައި އެއް ކުންފުންޏެވެ. އޭޝިއާގައި ޕްރައިވެޓް ފްލައިޓު އެންމެ ގިނައިން ގެން ގުޅެނީވެސް އެއާ ޗާރޓާރ ސާރވިސްއިންއެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ޕައިލެޓުން ތިބީ ވެސް މި ކުންފުނީގައެވެ.

އިންޑިއާގައި މަތިންދާ ބޯޓް ވެއްޓުން ފަހަކަށް އައިސް އާންމު ކަމަކަށް ވެފައިވާއިރު އެެންމެ ގިނައިން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ވެއްޓިފައި ވަނީ އަސްކަރީ ބޯޓްތަކެވެ.

އިންޑިއާގައި މިދިޔަ ހަފްތާގައި ހެލިކޮޕްޓަރެއް ވެސް ވެއްޓިފައި ވެއެވެ. އެ ހާދިސާގައި ތިން މީހަކު މަރުވެފައި ވެއެވެ. އަދި މިދިޔް ޖޫން މަހު 13 މީހުނާއި އެކު ދަތުރު ކުރި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ވަނީ ފަރުބަދަ މަތީ ސަރަހައްދަކަަށް ވެއްޓިފައެވެ. މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ. އެހާދިސާގައި ވެއްޓިފައިވަނީ އިންޑިއާ އަސްކަރިއްޔާގައި ބޭނުންކުރާ އޭއެން-32 މަރުކާގެ އަސްކަރީ މަތިންދާ ބޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހެއް

    ފްލައިޓް އަކީ ދަތުރެވެ. ޖާރނީއެވެ. މަތިންދާ ބޯޓު ކިޔާށެވެ. ނޫންނަމަ އެއަރކްރާފްޓް ކިޔާށެވެ.

    3
    5
    • ގަމީހެއް

      މާ ބޮޑަށް ތިއެނގެނީ. އެއަރކްރާފްޓަށްވެސް ފްލައިޓްއޭ ކިޔާ. ޑިކްޝަނަރީތަކުގައިވެސް ހުރީ މިހެން. ދެން އެނައުންސްމެންޓްތައް ކިޔާއިރުވެސް މިވެނި ފްލައިޓް (ނަމްބަރ) އަކުން ދަތުރުކުރާ މީހުންނަށް ގޮވާނީ. ނޫނީ މަރުހަބާވެސް ކިޔާނީ. އެހެން ނޫންނަމަ ގޮވާނީ އެއަރކްރާފްޓް ނަމްބަރ ނޫންތޯ؟ މިސާލު: "ވެލްކަމް އެބޯރޑް ފްލައިޓް ކިއު2180". "ޕެސްންޖަރސް ޓްރެވެލިންގ އިން ފްލައިޓް ކިއު2180". ފްލައިޓް މާނަކުރަނީ ދަތުރަށް ކަމުގައިވަނީނަމަ، އެބުނެވެނީ "ދަތުރު ކިއު2180 އިން ދަތުރުކުރައްވާ ބޭފުޅުން"؟ ކޮންމެ ބަހެއްގެވެސް ތަފާތު މާނަ ހުންނަކަން ނޭނގުނީމަ ވާނެ ތިޔަހެން.

      5
      2