ސައުދީ އަރަބިއްޔާއަށް ފޮނުވާލި މިސައިލް ހަމަލާއެއް އެޤައުމުގެ ރޯޔަލް ސައުދީ އެއާ ޑިފެންސް އިން ނާކާމިޔާބު ކޮށްލައިފިއެވެ.

މި ހަމަލާ ސައުދީ އަށް ފޮނުވާލާފައި ވަނީ، އެޤައުމާއި އިންވެގެން އޮންނަ ޔަމަނުގެ ބޯޑަރު ސަރަޙައްދުގެ އަވަށެއް ކަމަށްވާ ނަޖްރާން އިންނެވެ. ނަޖްރާނުން ސައުދީއަސް ފޮނުވާލި މި މިސައިލް އަމާޒުކޮށްފައި ވަނީ ސައުދީގެ ސާދާ ޕްރޮވިންސާއި ދިމާލަށެވެ.

މި މިސައިލް މަންޒިލާއި ހަމައަށް ވާސިލްވުމުގެ ކުރިން ނާކާމިޔާބުކޮށް ގޮއްވާލާފައިވާއިރު، މިފަދަ ހަމަލާއެއް އިއްޔެވެސް އެޤައުމަށް އަމާޒުކޮށްފައި ވަނިކޮށް ކަމަށް ރޯޔަލް ސައުދީ އެއާ ޑިފެންސުން ބުނެފައި ވެއެވެ.

ސައުދީއަށް ފާއިތުވެދިޔަ ދުވަސްތަކުގައި ޔަނަމުން ގިނަ ހަމަލާތައް ފޮނުވަމުންދާއިރު، މި ހަމަލާތައް އެޤައުމަށް ދެމުން ދަނީ ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނެވެ.

ހޫތީންގެ އަތްދަށަށް ޔަމަން އާއި ސައުދީ ގުޅޭ ބޯޑަރު ސަރަޙައްދުގެ އަވަށެއް ދިޔަފަހުން ސައުދީއަށް ވަނީ އެ ޖަމާޢަތުގެ ނުރައްކާ ކުރިމަތިވެފައެވެ. ނަމަވެސް މިހާތަނަށް ހޫތީން ފޮނުވާލި މިފަދަ ގިނަ ހަމަލާތައް ވަނީ ނާކާމިޔާބު ކޮށްލާފައެވެ.