ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއެކު ހަނގުރާމައިގެ މައިދާނަަށް ނުކުމެ އުޅުނު 2،000 ކުޑަކުދިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ ތަޖުރިބާކާރުންގެ ސަލާމަތީ މަޖިލީހަށް އާންމުކުރި އަހަރީ ރިޕޯޓެއްގައި ބުނެފައިވަނީ، ހޫތީން އެމީހުންގެ ފިކުރު ފެތުރުމަށާއި، ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކުޑަކުދިން ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނަށް ނެރުމަށް ކުޑަކުދިން ހޯދުމަށް ހޫތީން މިސްކިތްތައް ބޭނުން ކޮށްފައިވާ ކަމުގެ ހެކި ވެސް ހޯދިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޫތީންގެ ޝިއާރަކީ، އެމެރިކާ މީހުންނާއި، އިސްރާއިލް މީހުން މަރައި، ޔަހޫދީންނާއި ދެކޮޅަށް ބަދުބަސް ބުނުމެވެ. ހޫތީންގެ ކޭމްޕުތަކުގައި އުމުރުން ހަތް އަހަރުގެ ކުޑަ ކުދިންނަށް ހަތިޔާރު ސާފުކުރުމާއި ރޮކެޓްތަކުން ސަލާމަތްވާން ދަސްކޮށްދެމުން ދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އދގެ ޕެނަލުން ބުނީ 2020 ވަނަ އަހަރު ހަނގުރާމައިގެ މައިދާނުގައި މަރުވި ހޫތީން ރެކްރޫޓްކުރި 1406 ކުދިންގެ ލިސްޓަކާއި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހާއި މެއި މަހާ ދެމެދު 562 ކުޑަކުދިން މަރާލި ކަމުގެ ލިސްޓެއް ލިބިފައިވާ ކަމަށެވެ. އަދި އެ ކުދިންނަކީ، މުރުން 10 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށް އދ. އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އދ

    ފަލަސްތީނާއި ސީރިޔާގެ ރެކުރޫޓްނުކުރާ ކިތައްކުދިންތަ ސަހީދުކޮށްލެވުނީ މިހާތަނަށް؟

    5
    2
  2. Anonymous

    ތި ހުރިހާ ޖަރީމާއެއްގެ އަޑީގައި އޮތީ އެމެރިކާއާއި އދ. ހޫތީންގެ އަޑީގައި ވަނީ އީރާން. އީރާނުގެ އަޑީގައި ވަނީ އެމެރިކާ. އެމެރިކާގެ އަޑީގައި ވަނީ ޔަހޫދީން. އދ. އަކީ ޔަހޫދީން ހިންގާ ކުންފުންޏެއް. މަރުވި 2000 ކުދިންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި އދ. އާއި ޔަހޫދީން.

    4
    2
    • މޮޔަނިމޮސް

      އަހަރެން ބަނޑުގަ ވައިހެދެނީވެސް އެމެރިކާ އާ ހެދި

  3. މައްކު

    ކުޑައެއް ބޮޑެއް ނޯންނާނެ ޓެރަރިސްޓުން ވިއްޔާ ހަމަ ހިރަފުހަށް ހަދާލާ