ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އުދުއްސާލި ޑްރޯންއެއްގެ ސަބަބުން 16 މީހަކު ޒަހަމްވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ނޫސް އޭޖެންސީ އެސްޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޑްރޯން އުދުއްސާލާފައިވަނީ ހުޅަނގު ދެކުނު ޖިޒާން ޕްރޮވިންސްގެ ކިންގް އަބްދުالله އެއާޕޯޓަށް އަމާޒުކޮށް ކަމަށެވެ.

އަދި މި ހަމަލާގެ ސަބަބުން ޒަހަމްވި 16 މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެސްޕީއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުން މި ހަމަލާގެ ސަބަބުން ޒަހަމްވި ގިނަ މީހުން ފިހިފައިވެއެވެ.

"ޑްރޯން ވައްޓާލައިފައިވަނީ ސަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ މީހުންނަށް އަމާޒުކޮށް. އެކި ގައުމުތަކުގެ މީހުން ހިމެނޭހެން 16 މީހުން މި ހަމަލާގެ ސަބަބުން ޒަހަމްވި" ކޯލިޝަނުން ބުނެފައިވެއެވެ.

ސައުދީ އަރަބިއާގެ ދައުލަތުގެ ޓީވީއިން ބުނީ މި ހަމަލާގެ ސަބަބުން ޒަހަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން އެއާޕޯޓަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެގޮތުން، އެއާޕޯޓު އިމާރާތުގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ.

މި ހާދިސާއަކީ، އީރާނާ ގުޅިފައިވާ ހޫތީ ހަނގުރާމަވެރިން ސައުދީގެ އެއާޕޯޓަކަށް ހަމަލާދިންތާ ހަފްތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއާޕޯޓަށް ދިން ދެވަނަ ހަމަލާއެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ހަމަލާ ދީފައިވަނީ ސައުދީ އަރަބިއްޔާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަބްހާގެ އެއާޕޯޓަށެވެ. މި ހަމަލާގެ ސަބަބުން 12 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަދަލުހިފާނެ ޙާމަނާއީ

    އައިއެސް ޖަމާޢަތައް ހަނތިޔާރުދީ އީރާންގެ ހިޒްބުﷲގެ ގިނަ ފައިޓަރުން ސޫރިޔާގައި މަރާލުމުގަ ފަހަތުގެ ކީރޯލް ކުޅުނީ ތި ސައޫދީ
    އީރާނުން ބަދަލުހިފީ ޙޫތީން ލައްވާ ޔަމަނުން ސައޫދީގެ ބޯޑަރައް އަތްގަދަކޮށް..މިހާރު ހަމަ ނިދި ނުލިބޭ...ކީއްކުރަން އީރާނާ ގެޅެނީ އަމިއްލަ ސައިޒުގައި އޮވެބަލަ ސައޫދީ އަސްކަރީޔާ..

    1
    3
  2. Anonymous

    މުސްތަގުބަލުގައި ތިޔަށްވުރެ ބޮޑެތި ހަމަލާތައް ދޭނެކަމަށް ލަފާކުރެވެއެވެ.

  3. ރިޒާ

    ސައޫދީއާ މުސްލިމު ހުރިހާ ގައުމެއް ރާފިޟީންނާއި ކާފަރު ހޫޘީންގެ ކިބައިން ރައްކާކުރައްވާށި. އާމީން.

    3
    1
  4. Anonymous

    އިރާން ދުނިޔޭގަ އޮވެގެން އަމާންކަމެއް ނެތް. އެބަޖެހޭ ފޮހެލަން އެތަން