މެލޭޝިޔާގެ ދެކުނަށް އޮންނަ ޖޮހޮރު ބަރޫގެ މޯލް އެއްގައި އަލިފާނުގެ ހާދިޘާ އެއް ހިނގައިފިއެވެ.

އެ ގައުމާއި އަވަށްޓެރި އިންޑޮނޭޝިއާގެ ޖަންގަލީގައި އަލިފާން ރޯވެ، އެ އަލިފާންގަނޑުގެ ދުންތައް މެލޭޝިޔާގެ އެކި ހިސާބުތަކަށް ކުރުމާއި ގުޅިގެން އެ ގައުމުގެ 1200 ވަރަކަށް ސްކޫލްގެ ކިޔެވުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ މޯލް އެއްގައި ރޯވުމުން އެތައް ބައެއްގެ ލޯތަށް މިކަމަށް ވަނީ ހުއްޓިފައެވެ.

މެލޭޝިޔާ ދުުމުގެ ތެރޭގައި

މެލޭޝިޔާ އާއި ސިންގަޕޫރު ގުޅޭ ސަރަހައްދު ކަމުގައިވާ ޖޮހޮރުގެ މޯލް އެއްގައި މި ހާދިޘާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކަން އިތުރަށް ބަލަމުންނެވެ. މި އަލިފާނުގެ ސަބަބުން އެ މޯލްގައި ހުރި ފަރްނީޗަރު ވިއްކާ ފިހާރައެއްގެ ހުރިހާ ސާމާނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ. އަދި އިތުރު ފިހާރަތަކަށްވެސް މިކަމުގެ ގެއްލުން ވަނީ ވެފައެވެ.

30 ފޫޓް ދިގު އަދި 30 ފޫޓް ފުޅާ ސަރަހައްދެއް މި އަލިފާނުގައި އަނދާފައި ވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ. އަދި އަލިފާން ނިއްވާ މީހުން އެ ހިސާބަށް އައުމުގެ ކުރިން މޯލް އަށް ވިޔަފާރި ކުރަން ގޮސް ތިބި އާއްމުންގެ ބަޔަކު ވަނީ އަމިއްލަ އަށް އިސް ނަގައިގެން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

އިންޑޮނޭޝިއާގެ ޖަންގަލީގައި ރޯވުމާއި ގުޅިގެން އެ އަލިފާންގަނޑުގެ ދުމުގެ އަސަރު މެލޭޝިއާ އަށް އަދިވެސް ދަނީ ކުރަމުންނެވެ.