ދިވެހިން ދިރިއުޅޭ މެލޭޝިއާގެ ސަރަހައްދެއްގައި ހުންނަ މޯލެއްގައި އަލިފާން ވެއްޖެ، އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

ނަމަވެސް މިހާދިސާގައި ދިވެއްސަކަށް، އަދި އެހެން ގައުމެއްގެ މީހަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބުނީ މެލޭޝިޔާގެ ކުއާލަރ ލަމްޕޫރުގައި ހުންނަ މިޑްވެލީ މެގަމޯލްގައި މިއަދު ހެދުނު ހިނގި އަލިފާނުގެ ހާދިޘާގެ ކަންކަން މި ހައިކޮމިޝަނުން މިދަނީ ވަރަށްގާތުން ބަލަމުންނެވެ.

އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މެލެޝިޔާގެ އިދާރާތަކުން ވަނީ މައުލޫމާތު ދީފައިވާ ކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.

މިހާދިޘާގައި އެއްވެސް ދިވެއްސަކަށް އަސަރުކޮށްފައިވާނަމަ އެކަން ހައިކޮމިޝަންގެ އެމަޖެންސީ ނަމްބަރަށް ގުޅުއްވައި އަންގަވައިދެއްވުމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ. ހައިކޮމިޝަންގެ އެމަރޖެންސީ ފޯން ނަމްބަރަކީ 60126557895+ އެވެ.

މެލޭޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އަލިފާން ރޯވީ މެލޭޝިއާ ގަޑިން ހެނދުނު 10:30 ކަންހާއިރުއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރަން ދެގަޑިއެއްހައިއިރު ނެގިއެވެ.

މެލޭޝިއާ ފުލުހުން ބުނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ނޭނގޭ ކަމަށާއި، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަންނަން ފުލުހުން ތަހްގީގު ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުމޭ

    މެގަމޯލްގަ ރޯވީއެއް ޖަހާބަލަ. އެއީ މުޅި އޭޝިޔާގެ އެންމެބޮޑު މޯލްތަކުގައި ހިމެނޭ މައްޝޫރު މޯލްއެއް. ކޮބާތަ ދިރާސާކޮއްލުމެއްވެސް ނެތީތަ ޚަބަރު ޖަހާލާއިރު.