މެލޭޝިޔާގެ ކޯރަކަށް ފަތަން ގޮސް އުޅުނު އެއް އާއިލާއެއްގެ 10 މީހަކު ގެނބިގެން ހޯދަމުން ދަނިކޮށް، އޭގެ ތެެރެއިން ހަތް މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ އެ މީހުން ފީނަން އުޅުނު ތަނާ 25 ކިލޯމީޓަރު ދުރުންނެވެ.

މިދިޔަ ހުކުރު ދުވަހު މި ހާދިސާ ހިނގާފައި ވަނީ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޓެރެންގަނޫގެ ޗުކައި ޑިސްޓްރިކްޓްގެ ޖަންގައްޔެއްގައި އޮންނަ ޖެރާމް މަވާރު ކޯރުގައެވެ.

އޭއެފްޕީއަށް މައުލޫމާތު ދެމުން ޕޮލިސް ޗީފް ހަނިޔާން ރަމްލާން ވިދާޅުވީ މަރުވި މީހުންގެ ތެރެއިން ނުވަ މީހުންނަކީ އެއް އާއިލާއެއްގެ މީހުން ކަމަށާއި އަނެއް މީހާއަކީ އެ އާއިލާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ.

"އަޅުގަނޑަށް ބޮޑަށް ލަފާ ކުރެވެނީ ހުކުރު ދުވަހު އެމީހުން ކޯރުގައި ފީނަން އުޅެނިކޮށް ކުއްލިއަކަށް ފެން ބޮޑުވުމުން އެމީހުން ގެނބުނީ ކަމަށް. މިކަން ހިނގީ ވަރަށް އަވަސްއަވަހަށް، ފެންގަނޑު ތިން މީޓަރަށް އުފުލިގެން ދިޔަ ކަމަށް ވަނީ.". ހަނިޔާން ވިދާޅުވިއެވެ.

ފަހުން ފެނިފައި ވަނީ މަރުވެފައިވާ ގިނަބައެއްގެ ހަށިގަނޑެވެ.

ހަނިޔާން ވިދާޅުވީ މަރުވި މީހުންގެ އުމުރަކީ ހަތަރު އަހަރާއި 40 އަހަރާ ދެމެދު ކަމަށެވެ.

ގެނބުނު ތިން މިހެއްގެ ހަށިގަނޑު އަދިވެސް ނުފެންނައިރު، އެ މީހުން ހޯދުުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން މި މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށާއި، އެކި އެޖެންސީތަކުގެ 210 އޮފިސަރުންނާއި، 32 ކިލޯމީޓަރުގެ ޓްރެކާ ކުއްތާތައްވެސް އެހީތެރިވުމުގައި ހަރަކާތްތެރިވާނެ ކަމަށް ހަނިޔާން ވިދާޅުވިއެވެ.