މެލޭޝިއާގައި އާ ވައްތަރެއްގެ ވޭޕެއް ބޯން ގެނެސްގެން އުމުރުން 13 އަހަރުގެ ކުޑަ ދެ ކުދިން ގޭންގް ރޭޕްކޮށްލައިފިއެވެ.

އެގޮތުން އޭޕްރީލް 26 ވަނަ ދުވަހު ވޭޕްގެ އާ ވައްތަރެއްގެ ފްލެވަރ ބޯން ދެ އަންހެން ކުދިންނަށް ދައުވަތު ދިނެވެ. އެކަމަކު އެ ކުދިންނަށް ބޯންދިން ވޭޕަށް އަޅާފައިވަނީ މަސްތުވާތަކެއްޗެވެ. މިއާއެކު އެ ކުދިން މަސްތުގެ ހާލަތަށް ވެއްޓުނެވެ. އޭގެ ބޭނުން ހިފައިގެން ގޭންގަކުން އެ ކުދިން ރޭޕް ކޮށްފައިވާ ކަމަށް މެލޭޝިޔާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނާގޮތުން އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މެދުވެރިކޮށް އެމީހުން އެދެކުދިންނާއި ބައްދަލު ކުރީ ޝޮޕިން ސެންޓަރެއްގެ ތެރެއިންނެވެ. އަދި ވޭޕްގެ އާ ވައްތަރެއްގެ ފްލެވަރ ހުރިކަމަށް ބުނެ ވޭޕް ބޯން އެކުދިންނަށް ދައުވަތުދީފައި ވެއެވެ.

އެގޮތުން ވޭޕް ބުއިމުން ދެ އަންހެންކުދިން މަސްތުވެ ހޭނެތުނެވެ. އަދި ހޭވެރިކަންވިއިރު ރޭޕްކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެތަނުން އެއް ކުއްޖަކު މި މައްސަލަ ރިޕޯޓްކުރުމުން ފުލުހުން މިމައްސަލަ ތަހުގީގުކުރިއެވެ. މި ދެކުދިންގެ އިތުރުން އެހެން ކުދިންވެސް އެމީހުންގެ ޝިކާރައަށް ވެފައިވާކަން ވަނީ ފެންމަތިވެފައެވެ. މިކަމުގައި ހިމެނޭ މީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެމީހުންނަށް ދައުވަތުދިން އަންހެން ކުއްޖާވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ. އެގޮތުން 4 ފިރިހެނުންނާއި 1 އަންހެނުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނާގޮތުން ތަހުގީގު ނިމެންދެން އެމީހުން ތިބޭނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާ

    1 މޭލު ކިރިޔާ ވަށާ ހަމަވާ މިމާލޭގައި ނުވެސް ފެންނާނެ!

  2. އަހައްމަދޫ

    މިތާގަ ސާބިތެއް ނުވާނެ. ތަންކޮޅެއް ދެރަވަރު ސޮރެއް ވެއްޖިއްޔާ ނޫނީ