ސައުދީ އާއި ޔަމަން ގުޅޭ ބޯޑަރު ސަރަޙައްދުން ޔަމަންގެ ބައެއް ކޮންޓްރޯލް ކުރާ ހޫދީ ހަނގުރާމަވެރި ޖަމާޢަތުން އަމާންދީ، ސައުދީއަށް ދެން އިތުރަށް ހަމަލާނުދޭނެކަން އިއުލާނުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ހޫތީ ހަނގުރާމަވެރިންގެ ފަރާތުން މި އިއުލާނު އިއްވާފައި ވަނީ ހޫތީންގެ އެންމެ މަތީ ސިޔާސީ ކައުންސިލްގެ އިސް މެމްބަރު، މަހްދީ އަލް-މަޝްހަތު އެވެ. މިކަން ހާމަކުރަމުން ހޫތީންގެ ޚަބަރުތައް ފަތުރާ ޓީވީ ޗެނަލެއްގައި މަޝްހަތު ބުނެފައި ވަނީ، ޔަމަނާއި އިންވެގެން އޮންނަ ސައުދީއަށް އެކި ގޮތްގޮތުން ދެމުންދާ ހަމަލާތައް މަޑުޖައްސާލުމަށް އެ ޖަމާޢަތުން ނިންމާފައި ވާ ކަމަށެވެ.
އެގޮތުން ސައުދީގެ އެކި ސަރަޙައްދުތަކަށް އަސްކަރީ ޑްރޯންތަކާއި، ބްލާސްޓިކް މިސައިލްތަކާއި އެނޫންވެސް އެކި ބާވަތްތަކުގެ ހަތިޔާރު ބޭނުންކޮށްގެން ދެން އިތުރަށް ހަމަލާ ނުދިނުމަށް ހޫތީ ޖަމާޢަތުގެ އެންމެ މަތީ ކައުންސިލުން ނިންމާފައިވާ ކަމަށް މުޝްހަތު ބުނެފައި ވެއެވެ.
ހޫތީ ހަނގުރާމަވެރިން މި އިއުލާނުކޮށްފައި މިވަނީ، ދާދި ފަހުން ސައުދީގެ ތެޔޮ އުފައްދާ ސަރަޙައްދަކަށް ދިން ވަރުގަދަ ހަމަލާގެ ޒިންމާ އެ ޖަމާޢަތުން އުފުލާފައި ވަނިކޮށެވެ. އެ ޖަމާއަތުން ވަނީ މި މަހުގެ 14 ވަނަ ދުވަހުވެސް ސައުދީއަސް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައެވެ. ނަމަވެސް މި ހަމަލާގެ ތުހުމަތު ސައުދީ އާއި އެމެރިކާ އިން ކުރަނީ އީރާނުގެ ސަރުކާރަށެވެ.
ހޫތީން ސައުދީއަށް ހަމަލާ ދިނުން މަޑުޖައްސާލިކަން އެ ޖަމާޢަތުން އިއުލާނުކޮށްފައި ވާއިރު، އެ ޖަމާޢަތުން ބުނެފައިވަނީ މި ނިންމުމާއި އެއްގޮތަށް ސައުދީން ވެސް އެ ޖަމާޢަތަށް ހަމަލާތައް އަމާޒުކޮށްގެން ނުވާނެ ކަމަށެވެ. އަދި ހޫތީން ސުލްޙަވެރިކަމާއެކު ހަމަލާ ދިނުން ހުއްޓާލައި އެކަން އިއުލާނުކޮށްފައި ވަނިކޮށް، އެ ޖަމާޢަތަށް ހަމަލާއެއް އަމާޒުކޮށްފިނަމަ ބަދަލުގައި ވަރުގަދަ ރައްދުތަކެއް ދޭން ފަށާނެކަމުގެ އިންޒާރު ވެސް ހޫތީން ވަނީ ސައުދީއަށް ދީފައެވެ.
ވަރަށް ރަނގަޅު ނިންމުމެއް.....
މި ޝިޔައީ ކާފަރުން ޖެހޭނީ ނައްތާލަން
ހައްހައްހާ.ހަނދާން ނައްތާލާ