އިންސާނުން ވަޅުލާފައިވާ 7000 އަހަރުވީ ކައްވަޅެއް ފެނިއްޖެއެވެ.

މި ސަރަހައްދަކީ އެމެރިކާގެ ފްލޮރިޑާގެ ސަރަހައްދެއް ކަމަށްވާ ސަރަސޯޓާ ކައުންޓީގެ ރަށް ބޭރުން އޮންނަ ކަނޑުގެ ސަރަހައްދެކެވެ.

މީގެ 14،500 އަހަރު ކުރިން މީހުން ވަޅުލާން ބޭނުންކޮށްފައިވާ ބޮޑެތި ވަޅުގަނޑުތަކެއްވެސް މީގެ ކުރީން ފްލޮރިޑާއިން ވެސް ވަނީ ފެނިފައިވެ އެވެ.

 

މި ސަރަހައްދުން ފެނިފައިވާ ތަކެތީގެ އަލީގައި މީގެ 7000 އަހަރު ކުރިން އެ ސަރަހައްދުގައި ދިރިއުޅުނު މީހުންނާއި ބެހޭ އާ މައުލޫމާތުތަކެއް ހޯދޭނެކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

"މެނެސޯޓާ ކީ އޮފްޝޯ"ގެ ނަން ދީފައިވާ މި ތަން ފެނިފައިވަނީ މި ސަރަހައްދުގެ ކަނޑު އަޑިން އިންސާނެއްގެ ކަށިތަކެއް ފެނުނުކަމުގެ ރިޕޯޓު ލިބުމުން ކުރި ތަހުގީގު ތަކަކަށް ފަހު އެވެ. އިންސާނެއްގެ ކަށިތަކެއް އެންމެ ފުރަތަމަ ފެނިފައިވަނީ 2016 ވަނަ އަހަރު އެ ސަރަހައްދަށް ފީނަން އެރި އުޅުނު ޑައިވަރަކަށެވެ.

މި ސަރަަހައްދަކީ މީގެ 7000 އަހަރު ކުރިން މީހުން ވަޅުލަން ބޭނުންކޮށްފައިވާ ސަރަހައްދެކަން ތަހުގީގަށް ހާމަވާއިރު އެ ސަރަހައްދަށް މީހުން ފީނާ އުޅުން ހުއްޓުވާފައެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް ކަމަށްވާ ފްލޮރިޑާ ޑިވިޝަން އޮފް ހިސްޓޯރިކް ރިސޯސަސްގެ ރަޔަން ޑަގިންސް ބުނި ގޮތުގައި އެ ސަރަހައްދުގައި ވަޅުލާފައިވާ ކަށިތަކާއި އަދި އެހެން ތަކެތިވެސް ހަލާކުވެފައެއް ނުވެ އެވެ.

"އެ ސަރަހައްދަށް އެތަކެއް ތޫފާން އަތުވެއްޖެ. ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ. ނަމަވެސް އެ ސަރަހައްދުގެ އަޑީގައި ވަޅުލާފައިވާ ކަށިތަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް. މިއީ ސައިންސްގެ ދުނިޔެއަށް އިންގިލާބެއް ގެނުވާފަދަ އާ ހޯދުމެއް،" ޑަގިންގްސް މި ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް ކަމަށްވާ ފްލޮރިޑާ ޑިވިޝަން އޮފް ހިސްޓޯރިކް ރިސޯސަސްގެ ރަޔަން ބުންނެވެ.

ފްލޮރިޑާ ގަލްފް ކޯސްޓް ޔުނިވަސިޓީގައި މަސައްކަތް ކުރާ ފޮރެންސިކް ޕްރޮފެސަރެއް ކަމަށްވާ ހެދަ ހޮލްޝް-ހޭނީ ބުންނެފައިވަނީ މިތަނުން ފެނިފައިވާ ކަށިތަކާއި އެހެނިހެން މި ތަނުން ފެނުނު ތަކެއްޗަކީ މީގެ 7000 އަހަރު ކުރިން ފްލޮރިޑާ ސަރަހައްދުގައި ދިރިއުޅުނު މިކޮސޫކީ އަދި ސެމިނޯލޭ ނަސްލުގެ މީހުންނަށް ނިސްބަތްވާ އެއްޗެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި ސަރަހައްދު މިހާރު ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި އެ ސަރަހައްދަށް އާންމުން ފީނުން ހުއްޓުވުމަށް އެ ސަރަހައްދުގައި ދަނީ ފޯރިމަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިނާ

    ހުޅަނގުގެ '' ބައިބްލް '' ބުނާގޮތުން ދުނިޔެއަށް އަދި ވީ 5000 އަހަރު މިހިރަ ފެންނަ ޙަޤީގަތް ތައް މިވަރަށް ފެންނަ އިރުވެސް