އިންޑިއާގައި ސްކޫލު ކުދިން އުފުލައިގެން ދަތުރުކުރަމުން ދިޔަ ސްކޫލް ބަހެއް ފުރޮޅާލައި 27 ކުޑަކުދިންނާއި ތިން މީހަކު މަރުވެއްޖެ އެވެ.

ބަސް ފުރޮޅާލާފައިވަނީ ފަރުބަދަ މަތީ ސަރަހައްދަކުން ދަތުރުކުރަމުން ދަނިކޮށެވެ. އަދި ފުރޮޅާލުމުގެ ސަބަބުން ފަރުބަދަ މަތިން އެ ބަސް ވަނީ ވެއްޓިފައެވެ.

އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބަސް ޑްރައިވަރާއި ދެ ޓީޗަރުންނެވެ. ބަސް ވެއްޓުނީ ހިމައްޗަލް ޕްރަދޭޝުގެ ކަންގްރާ ވެލީ އިން ދަތުރު ކުރަމުން ދަނިކޮށް ފުރޮޅާލައިގެންނެވެ. ފުރޮޅާލުމުން ބަސް ވެއްޓުނީ 200 ފޫޓު ތިރިއަށެވެ. އެ ހިތާމަވެރި ހާދިސާގައި 27 ކުދިންނާއި ތިން މީހަކު މަރުވެފައިވާއިރު އެތައް ގިނަ އަދަދެއްގެ ކުދިން ވަނީ ޒަހަމްވެ އަނިޔާވެފައެވެ.

ޚަބަރުތައް ބުނާގޮތުގައި އެ ހާދިސާގައި މަރުވެފައި ވަނީ މުޅިންވެސް 13 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު