ޖަރުމަނުގެ ހޮހަޅަ އެއް ތެރޭގައި ގޮވުމެއް ގޮވައި، އެތަނުގައި މަސައްކަތް ކުރަމުން އައި 35 މީހަކު ހޮހަޅަ ތެރޭ ތާށިވެއްޖެެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ ބިމު އަޑިން 2300 ފޫޓު އަޑީގައެވެ.

މައުދަންތައް ހޯދުމުގައި މަަސައްކަތް ކުރަން މި މީހުން އުޅެނިކޮށް ގޮތް ނޭނގޭ އެއްޗެއް ގޮވައި އެ މީހުން ތަށިވެފައި ވާއިރު 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައެވެ.

ހޮހޮޅަ ތެރޭގައި އެމީހުންނަށް އޮކްސިޖަން ފޯރުކޮށްދީފައި ވާއިރު ދާދި ދެންމެއަކު ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން އެތަނުން ސަލާމަތް ކޮށްފައެވެ.

އެ ގައުމުގެ ފަޔާ ފައިޓަރުން ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ފަހު އެމީހުން ސަލާމަތް ކޮށްފައި ވާއިރު، އެ ހޮހަޅަ އަކީ މީގެ އެތައް އަހަރެއް ކުރިން ބަންދުވެސް ކުރި ތަނެއްކަން ފާހަގަކޮށްލެވެއެވެ.

މިހާރު އެތަނުގައި 100 އަށް ވުރެން ގިނަ މީހުން މަސައްކަތް ކުރަމުން ގެންދެއެވެ. ނަމަވެސް މި ހާދިސާ އާއި ގުޅިގެން މަސައްކަތް އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ބޭރު ގައުމުތަކުގައި ބިމު އަޑީގައި މީހުން ތާށިވެ، މިފަދަ ހާދިސާތައް ހިނގައެވެ. އަދި ބައެއް ފަހަރު އެތައް ބައެއްގެ ފުރާނަވެސް ގެއްލެއެވެ.