ގުރުއާން އެންދުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޖަރުމަނުގައި ވެސް ގުރުއާން އަންދައިފި އެވެ.

އެކަން ކޮށްފައި ވަނީ ޖަރުމަނުގެ އަވަށެއް ކަމަށްވާ މައުލް ބްރޮންގައި ހުންނަ މިމާރު ސިނާން މިސްކިތުގެ ކުރިމަތީގަ އވެެ.

އެެހެން ނަމަވެސް އެކަން ކޮށްފައި ވަނީ ހުއްދަ ނަގައިގެނެއް ނޫނެވެ. އެ އަމަލު ހިނގީ ވެހިކަލެއް ދުއްވާފައި އައިސް ގުރުއާނުގައި ރޯކޮށް އެއްލާލައިގެން ނެވެ. ހެނދުނު މީހުން ނަމާދަށް އައި އިރު މިސްކިތުގެ ދޮރުމަތީގައި އަންދާލައިފައި އޮތް ގުރުއާން މުސްހަފެއް އޮއްވާ ފެނުނެެވެ.

އެ މިސްކިތުގެ ޑައިރެކްޓަރު ބުނީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ގުރުއާން އެންދުމުގެ ކަންކަން މި ފަހުން ފަށައިގެން އުޅެނީ ސްވީޑަންގަ އެވެ.

ސްވިޑަންގައި އެންމެ ފުރަތަމަ ގުރުއާން އެންދީ މި އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު ގުރުއާން އެންދީ ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.

އެކަން އެހެން އޮއްވައި މިދިޔަ ބޮޑު އީދު ދުވަހު ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ގުރުއާން ވަނީ އަންދައިފައެވެ.

ސްވިޑަންގެ ސަރުކާރުން ފަހުން ބުނީ ގުރުއާާން އެންދުން ކުށްވެރިކުރާ ކަމަށާއި ނަމަވެސް ސްވީޑަންގެ ގާނޫނުތަކުން އެކަން މަނާ ނުކުރާ ކަމަށެވެ.

ގުރުއާން އަންދަން ހުއްދަ ދިން ނަމަވެސް ޔަހޫދީންގެ މުގައްދަސް ފޮތް ތައުރާތު އަންދަން ސްވިޑަންއިން ހުއްދައެއް ނުދެއެވެ. އެހެންވެ ވަކި ފޮތެއް އަންދަން ހުއްދަ ނުދިނުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފްއޮފިޝިއަލް

    މަމެން ގޮސް މުޅި ޖަރުމަނުގަ ހު*ޖަހަން ވީ ތަ؟؟

    12
    1
  2. Anonymous

    އެމީހުންނަކީ ހައްޤު އެނގޭއިރުވެސް ހުރި ޖާހިލުކަމާއި ބޮޑާކަމާއި ކިބުރުވެރިކަމުން ތެދުމަގުގެ ބަދަލުގައި ފުރެދުން ގަންނަ މީސްތަކުން. ޤިޔާމަތްދުވަހުން އެމީހުންނަށް ހުންނަހުށީ އިހާނަތްތެރި ވޭންދެނިވި ޢަޒާބު

    24
    1
  3. ރެފްރީ

    ގުރްއާން އަންދާނެގައުމުތައް އިއްޔެއެއޮތީއެނގިފަ

    6
    1
  4. ޝައިޚް

    ކިތަންމެވަރަކަށް ފުނިފުންޏަށް އެންދިޔަސް ޤުރުއާނުގެ ވަސް ދުނިޔެ އޮތްހާހިނދު ފިލުވައިނުލެވޭނެ ! އަހުރެމެން ދެދުވަހުން ކަލޭމެންގެ ހުރިހާފޮތްތަކެއް އަންދާލަން އުދަގުލެއްނޫން. އަމިއްލަޔަށް ހަދާފައޮތްއިރުވެސް އެއިންފޮތެއް ހިތުދަސްގޮލަޔަކުވެސް ނުހުންނާނެ! ޤުރުއާނަކީ މާތްﷲ ބަވާލެއްވި ގޮތަށް ބަދަލެއް ނައިސް އޮތް ފޮތެއް! އެހެންކަމާއެކުވެސް އެފޮތް ހިތުދަސް މީހުން އެތަކެއް މިލިޔަނުން އެބަތިބި!

    17
    1
  5. ނޫހު.

    މުސްލިމުންވެސް ގުރުއާނަށް ޢަމަލެއްނުކުރޭ. އަނެއްބަޔަކު ގުރުއާން އަންދަނީ. މުޅިންވެސް ހިތާމަވެރި ހިތްހަލާކުވާކަހަލަ ހަބަރު.

    9
    1
  6. އއ

    ގުރުއާނަކީ އެންދޭ އެއްޗެއްނޫން !!!އެއީ ލިޔަން ކިޔަން ނުދަންނަ ރަސޫލެއްގެ ހިތައް ބާވާލެއްވި އެއްޗެއް.!!!! މިހާރުމިއެގެނީ އެފަދަ ބޭކަލަކައް ރަސޫލާވުމުގެ ހިކުމަތް. !!!!! ތިއެންދެނީ
    ކަރުދާސް އުފެއްދުމައް ބޭނުންކުރި ލަކުޑި ލަކުޑި.!!! ނެނޯ އެއްމެސިމެއްގަ ގުރުއާން ޖަމާކުރެވިދާނެ.!!؟؟ ﷲގެ އިލްމާ ކުޅަދުންވަންތަކަމާ ނުކުޅެވޭނެ!!!!

    4
    2
  7. ދަރަނި ދަންތުރަ

    އަމިއްލަ އަތުން ހަލާކުގެ ތެރެޔަށް ތިޔަ ވެއްޓެނީ ކަލޭމެން ކިތައްމެ ބާރުގަދައޭ ހީވިޔަސް ﷲ ގެ ގަދަފަދަ އަޒާބަށް ކެއްކުރެވޭނެ ހަމަ އެއްމެ މީހެއް ވެސް ތިޔަ ހަތިމް އަންދާ މީހުންގެ ތެރޭގައި ނުވޭ ، ކަލޭމެންގެ މޮޔަކަމުން އެކަން ކަލޭމެން ގަބޫލުނުކުރަނީ ، އިސްލާމް ދީނުގެ މިފަދަ އަދުއްވުން ނިކަމެތި ކުރައްވާ ނެތިކުރައްވާށި އާމީން

    6
    1