އެމެރިކާގެ ރައީސް، ޑޮނަލްޑް ޓަރަމްޕް ދިރިއުޅޭ ގެކޮޅު ކަމުގައިވާ ވައިޓް ހައުސް އެލާޓަށް ގެނައުމަށް ފަހު އެލާޓް އުވާލައިފިއެވެ.
ވައިޓް ހައުސް އެލާޓަށް ގެނައީ އެތަނުގެ މަތިން ހުއްދަ ނުހޯދައި ފްލައިޓެއް ދަތުރު ކުރުމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ސަލާމަތީ ސަބަބުތަކަށްޓަކައި އެ ގައުމެއްގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި ރައްޔިތުންގެ މަޖިލިސް ފަދަ ތަންތަނުގެ މަތިން ފްލައިޓުތައް ދަތުރު ކުރުމަކީ މަނާ ކަމެކެވެ.
ވައިޓް ހައުސް މަތިން ދަތުރު ކުރި ފްލައިޓާއި އެއާ ޓްރެފިކް ކޮންޓްރޯލާއި މުއާމަލާތް ނުކުރެވުމުން ވައިޓް ހައުސް ހުންނަ ސަރަހައްދު އެލާޓަށް ގެނެސް ގިނަ އަދަދެއްގެ ސިފައިން ކުއްލި ހާލަތުގައި ހަރަކާތްތެރިވިއެވެ. ނަމަވެސް މިހާރު ވަނީ އެއީ އޮޅިގެން ވައިޓް ހައުސް ކައިރިން ދަތުރު ކުރެވުނު ކުޑަ ފްލައިޓެއް ކަން ކަށަވަރު ކުރެވިފައެވެ.
މި ހާދިސާ އާއި ގުޅިގެން ވައިޓް ހައުސް ވަގުތުން އެލާޓަށް ގެނެސް، އެ ސަރަހައްދު ހިމެނޭ މަގުތައް ވެސް ބަންދުކުރިއެވެ.
މި ހާދިސާ ހިނގި ވަގުތު ވައިޓް ހައުސް ތެރޭގައި ތިބި މީހުން ވަކި އެއްޗެއް އަންގަންދެން އެތާ އެތެރޭގައި ތިބުމަށް އަންގާފައި ވެއެވެ.
ވައުޓް ހައުސްގެ އިތުރުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ހުންނަ ކެޕިޓަލް ހިލް ވެސް ކުއްލި ހާލަތަކަށް ގެނައެވެ.
2001 ވަނަ އަހަރު އެމެރިކާގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އަށް ފަހު އެ ގައުމުގެ ސަލާމަތީ ކަންކަން އިންތިހާ އަށް ވަރުގަދަ ކޮށްފައެވެ. މިފަދަ ހުރިހާ ކަމެއްވެސް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ނަގަމުން އަންނަނީ ވަރަށް ސީރިއަސް ކަންކަމުގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.
ބިރުވެސް ގަނޭ. މިގައުމުގަ އުޅޭ ގަންޖާ ޝައިތާނުހެން
ވައިޓް ހައުސް ކައިރިން ދޫންޔެއް އުދުހުނަސް މުޅި ސަރަހައްދު އެލަރޓް އައް ގެންނަނެ .....ތި ލލލލލލލލލލހހހ