މިދިޔަ ޖެނުއަރީ މަސް ތެރޭގައި އެތައް ބަޔަކު ބައިވެރިވެގެން ރޭޕްކޮށް މަރާލި އާސިފާގެ ދިފާއުގައި ނިކުތީ ހިތްވަރުގަދަ އަންހެނެކެވެ. އެތައް ބައެއްގެ ފާޑުކިޔުންތަކާއި ތުރާތަކެއް ބެލުމެއް ނެތި އޭނާ އެދަނީ އާސިފާގެ ދިފާއުގައި މަސައްކަތް ކުރަމުންނެވެ.

އެހެން ނަމަވެސް އޭނާއަށް މިހާރު އެއްވެސް ރައްކާތެރިކަމެއް އިހުސާސްނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. ދިޕިކާ އެސް ޖަޖަވާތް ނަމަކަށް ކިޔާ ޤާނޫނީ ވަކީލު ބުނީ، އޭނާ ސްޕްރީމް ކޯޓަށް ގޮސް އޭނާއަށް ލިބެމުންދާ އިންޒާރުގެ ވާހަކަތައް ކިޔާދޭނެ ކަމަށެވެ. ދިޕިކާ ބުނީ، އޭނާ ރޭޕްކޮށް މަރާލާނެ ކަމަުގެ ބިރު އެބަ އޮތް ކަމަށެވެ.

"އަހަރެންނަކަށް ނޭނގެ އަހަންނަށް ދުނިޔޭގައި ހުރެވޭނީ ކިހާ ދުވަހެއް ކަމެއް. އަހަރެން ރޭޕްެވެސް ކޮށްފާނެ. އަހަންނަށް އަނިޔާ ވެސް ކޮށްފާނެ. އަހަންނަށް އިއްޔެ ވަނީ މަރުގެ އިންޒާރު ލިބިފައި "،މައާފް ނުދޭނެކަމަށްވެސް ބުނި". އަހަރެން މާދަން ސްޕްރީމް ކޯޓަށް ގޮސް ބުނާނަން އަހަރެންގެ ދިރިއުޅުން މިހާރު ނުރައްކާތެރިއޭ". ދިޕިކާ ބުންޏެވެ.

މިހާރު އެ މައްސަލަ ކުރިއަށް ދަނީ އާސިފާގެ ރޭޕްގެ ކަންތައް ހިނގި ޖައްމޫ އެންޑް ކަޝްމީރުގެ ކަތުއާ ނަމަކަށްކިޔާ އަވަށުގައެެވެ. އެތަނުގައި އާސިފާގެ އާއިލާއަށް ރައްކާތެރިކަމެއް ނެތެވެ. އެހެންވެ އާސިފާގެ އާއިލާއިން މިއަދު ވަނީ އެ މައްސަލަ ޗަންދިގަރްހައަށް ބަދަލުކޮށްދޭން އެދިފައެވެ.

އާސިފާގެ ރޭޕްކޮށް މަރާލުން ވެގެންގޮސްފައި ވަނީ އެތައް ބަޔަކަށް ރުޅިވެރިކަމާއި ބިރުވެރިކަމުން ފުރިގެންވާ ކަމަށެެވެ.

މުސްލިމް އާއިލާއެއްގައި ހިމެނޭ އުމުރުން އަށް އަހަރުގެ އާސިފާ ވަގަށް ނަގާ އެ ކުއްޖާ ވަނީ އަށް މީހަކު ވެގެން ރޭޕްކޮށްފައެވެ. އެކަމުގައި ފުލުހުންތަކެއްގެ އަތެއްވާކަންވެސް އިނގެއެވެ.

އެ ކުއްޖާ ރޭޕް ކުރުމަށްފަހު ވަރަށް އަނިޔާވެރިގޮތަކަށް ވަނީ މަރާލާފައެވެ. އެގޮތުން، ކަރުގައި ހިފައި އަދި ގަލަކުން ތަޅައި އެކުއްޖާ މަރާލިއެވެ،

އާސިފާއާށް އިންސާފް ހޯދައިދިނުމަށް ކަމަށް ގޮވާލާ ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބުރުހާނުއްދީން

  އެކުއްޖާއަށް ހިމާޔަތްދީބަލަ

 2. ޙަަޖަަަޖަޖަ

  ހާދަ ބިރެއްވެސް ގަނޭދޯ.

 3. މުޙައްމަދު

  ރޭޕްކުރާމީހުން މަރަށް މަރު ހިފަންވީ. ކޯޓަށް ގޮސްގެން މަރުހިފާނެކަމެއްނެތް.ފެންނައިރު މަރާލަންވީ.

 4. ހަސަން

  އެހެންމީހުންގެ ކަންކަމާ ނުބެހި ތިމާމެންގެ ގުދު ތެދުކުރަން އިންޑާ އަށް ގޮވާލަން. އަދި ތިޔަ ނާތަހުޒީބު ބާބޭރިއަން ގޮތްގަނޑު ދޫކޮށްލާ..

 5. ހަސަން

  މޯދީގެ ސަރުކާރު ވައްޓާލާ.