އިރާންގެ ވެރިރަށް ތެހްރާނުން ފުރައިގެން ޔޫކްރޭނަށް ދަތުރުކުރަމުންދިޔަ، ޔޫކްރޭން ފްލައިޓް ވެއްޓުނީ އޮޅުމަކުން ދެވުނު ހަމަލާއެއްގައި ކަމަށް އީރާނުން ބުނެފިއެވެ.

އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، އެގައުމުގެ އަސްކަރީ ބާރުތަކުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުން އެނގިފައިވަނީ ޔުކްރޭންގެ މަތިންދާ ބޯޓު ވެއްޓުނީ އިރާނަށް އޮޅިގެން ދެވުނު ހަމަލާއަކުން ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އީރާންގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ބޯޓު ވެއްޓުނީ، "ހެދުނު ގޯހެއްގެ"ސަބަބުން ކަމަށެވެ.

އެ ބޯޓު ވައްޓާލީ އީރާނުގެ ހަމަލާއަކުން ކަމަށް އެމެރިކާއިންވެސް ކުރިން ތުހުމަތު ކުރިއެވެ. ޔުކްރޭންގެ ބޯޓަށް މިސައިލެއް އަމާޒުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ހުޅަނގުގެ ބައެއް މީޑިއާ ތަކުން އާންމުކޮށްފަ ވަނިކޮށެވެ.

ނަމަވެސް އެކަން އީރާނުން ވަނީ ދޮގުކޮށްފައެވެ.

ތެހްރާނުގެ އެއާޕޯޓުން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި ވެއްޓިފައިވަނީ ޔޫކްރޭނުގެ ބޮއޭން 737 މަރުކާގެ ބޯޓެކެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރަމުންދިޔަ 176 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަޙްމަދް

    އެ ބޯޓު ވައްޓާލީ އީރާނުގެ ހަމަލާއަކުން ކަމަށް އެމެރިކާއިންވެސް ކުރިން ތުހުމަތު ކުރިއެވެ. ނަމަވެސް އެކަން އީރާނުން ވަނީ ދޮގުކޮށްފައެވެ.
    (މިފެންވަރުގެ މީހުން މިއުޅެނީ އެމެރިކާއައި
    ހަނގުރާމަ ކުރަން!)

    27
    31
    • އަލިފު!

      ބަލަ މީނދެ ބުރާންޗާ އެމެރިކާ އަތުން އަމިއްލައަށް ހެދިފައިވާ ގޯސްތައް އިޢުތިރާފު ނުވެ ކިތަން ކަންތައް އޮތްކަން އެނގޭތަ! މުނާފިޤުންގެ ބަސްމަޤު ހުންނާނީ ތިގޮތައް!

      26
      12
    • މަތީރު

      ގޯސް ހެދުމުން ބުނުމުން ރަނގަޅު... އެކަމް އެމެރިކާ ސިފައިންއަކީ އައްޑަނަ ކަމުގައި ހަދައިގެން ޓުރަމްޕް ކިތައް އަޅުން ސިފައިންގެ ގޮތުގައި އެމަރުވާން ދޫކުރަނީ ޓުރަމްޕް ބުނަނީ ހުރިހާ ކަމެއް ރަނގަޅު ކަމަށް މީ ކިހާ ބޮޑު އޮޅުވާލުމެއް

      13
    • އީރާނު

      ތިފަދަ މީހުން މުސްލިމް މުޖުތަމަޢުގަ ގިނަވީމަ އެމެރިކާ އަށާއި ހުޅަނގުގެ ގައުމުތަކަށް މުސްލިމު ގައުމުތަކަށް ހިތުހުރި އެއްޗެއް ހަދަން ފުރުސަތު ލިބެނީ. އެމެރިކާއިން ގަސްތުގަ އެތައްހާސް މުސްލިމުންނެއް ލީބިޔާ،އިރާޤް، ސީރިޔާ،އަފްވާނިސްތާން،ޕާކިސްތާން އަދިވެސް އެހެން މުސްލިމު ޤައުމުތަކުގައި މެރިކަން ނޭގެނީތަ؟ ނޫނީ އެނގެން ބޭނުން ނުވަނީތަ؟ މިހާރު ގޮތެއް ނުހެދިއޮތް ބާރުގަދަ މުސްލިމް ދައުލަތަކީ އިރާން އެހެންވެ އިރާން ފުނޑާލަން މިއުޅެނީ. ލަދުވެތިވެ ބަލަ މުސްލިމުންގެ އެންމެ ބޮޑު ދުސްމަން އެމެރިކާ އާ އެއްކޮޅަށް ވާހަކަ ދައްކަން މުސްލިމަކަށަ ވެހުރެ.

      13
      1
  2. އަހްމދު

    ޚަރާބުވެފަ ހުންނަ ބާ ސިސްޓަމްތަކޭ ހުންނަނީ، އެހެންވީމާ ގޯސް ހެދޭނެ

    20
    9
  3. ޅަބޭ

    ހެހެހެހެހެ ....ޑޮނަލްޑު ޓުރަމްޕުވެސް ބުނީ އަމާޒައް ބަޑިޖަހަން ނޭގޭ ކަނޑުކޮސް ބަޔަކާއެކީ ތިމަންނަމެން ހަނގުރާމަކުރާކަން ނޫޅެމޯ. އިރާނު މީހުން ބަދަލައް ބަދަލުހިފާނީއޭ ކިޔާބަހައްޓާފަ އިންސާނުން ނުވެސް އުޅޭ ހަނަފަސް ސަހަރާއަކައް މެސައިލުން ހަމަލާދީފަ މިބުނަނީ އެމެރިކާގެ 80 މީހުން މަރާލާފީމޯ... ހެހެހެހެ..

    23
    9
    • އާލިމް

      ދެން މި ވައްޓާލީ ޔޫކްރެއިންގެ އާންމުން ތިބި ފްލައިޓެއް. ކިހާ ދެރަ ކަމެއް މީ.

      11
      4
  4. އިޤާބު

    ތިޔައީ ނުބައި މަގަކުން ބޮޑު އަގަަކަށް ގަނެފައި ތިބި އީރާނުގެ ޚާއިނުންގެ ޙަރަކާތަކަށްމެނުވީ ނުވާނެ. ދެން ވިސްނާ މި ދުނިޔެ އަމާންވާނޭ މަގެއް އޮތް ދިމާއެއް.

  5. އީރާން

    އޭ ތީއަޅެ ޓަރަންޕްގެ ކޮއްކޮތަ؟ އެމެރިކާއިން ލީބިޔާ،އިރާގަ އަދި އަޑިގަ ތިބެގެން ސީރިޔާ ސުންނާފަތިކޮށްލިއިރު ކިތަށް ދޮގުހަދާ އޮޅުވާލިތަ؟ އޮޅިގެން ކަމަށްބުނެ އެތައްހާސް އާންމުން މަރާލިކަން އެނގޭތަ؟ ވަގުވަގަށް ކިތަށް ގައުމުގެ ވެރިކަން ވައްޓާލިކަން ދެނެހުރިންތަ؟ އީރާނާ މިހާރު ނުކުޅެވިއޮތީ އެހެންވެ އީރާން ފުނޑާލަން އެސުޅެނީ! އީރާނުގެ ހިތްވަރު އެބަބުރި ހެދުނުގޯހަށް އެއްބަސްވެ ތެދުހަދަން. ތިޔަކަހަލަ މީހުން އިސްލާމީ މުޖުތަމައުގައި ގިނަވެގެން މި މުޅި އިސްލާމީ އެއްމަތަށް އެމެރިކާއާއި ހުޅަނގުން ގޮތްގޮތް ހަދަން ފުރުސަތު ލިބެނޭ. ލަދުވެތިވެބަލަ ތިފާޑަށް ވާހަކަ ދައްކަން.

    8
    2
  6. އަޙްމަދް

    އެ ބޯޓު ވައްޓާލީ އީރާނުގެ ހަމަލާއަކުން ކަމަށް އެމެރިކާއިންވެސް ކުރިން ތުހުމަތު ކުރިއެވެ. ޔުކްރޭންގެ ބޯޓަށް މިސައިލެއް އަމާޒުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ހުޅަނގުގެ ބައެއް މީޑިއާ ތަކުން އާންމުކޮށްފަ ވަނިކޮށެވެ——————————————-
    ނިކަން ބަލާ އެމެރިކާގެ ބަސް ތެދުކަން!
    ނިކަން ވިސްނާ ޝީޢީ ރާފިޟީންގެ ހުރިނުބައި ނުލަފާކަމައި ދޮގުވެރި ކަމާއި މަކަރު ވެރިކަން!

  7. ބްރޯ

    މީގެ ކުރިން އިރާގުގެ މަގުތަކުގަ ނޫސްކިޔާލަންތިބޭމީހުން ކިޔަ ނޫސް އެމެރިކާގަތިބެގެން ކިޔާލެވޭނެޔޭ ބުނެފަ ކަންބަޅި ބަކަރި އައިނަކަށް ބިޮންވެސް އެޅުނު ،އޮޅިގެން އީރާނުގެ ފަސިންޖަރު ބޯޓަކަށް މެޑިޓްރޭނިއަން ސިގެ މަތިން އޮޅިގެން އެމެރިކާ އިން ވައްޓާލާފަވޭ ، ވީމާ އޮޅިގެން އީރާނަށް ހަމަލާއެއްދެވުން އެއި މައްސަލައެއްތަ؟އެއިން އެގެނީ ވަގުތުގަ ބޭނުން ފުރިހަމަޔަށް ހިފާނެ ކަން އެންމެންވެސް ދަންނަން ޖެހޭނެކަން .