ރޭޕް ކޭސްތައް ހައްދުފަހަނައަޅާފައިވާ މިންވަރަށް ގިނަވެފައިވާ އިންޑިއާގައި އަނެއްކާވެސް އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފިއެވެ.

ރޭ މި ހާދިސާ ހިނގީ އެ އަންހެން ކުއްޖާ އޭނާގެ އާއިލާއެކު ކައިވެނީގެ ހަފްލާއަކަށް ގޮސް ހުއްޓާއެެވެ.

އުއްތަރްޕްރަދޭޝްގައި ހިނގާދިޔަ މި ހާދިސާ އާއި ގުޅިގެން މިހާރު 18 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ފިިރިހެން މީހާ އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ ގާތްގަނޑަކަށް ދަންވަރު 1:30 ހާއިރުއެވެ. އޭނާ ކުޑަ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާގެ މައިންބަފައިން އެ ހަފްލާގައި އުޅެނިކޮށެވެ.

އޭނާ ވަނީ އެ ކުއްޖާ ގޮވައިގެން އޭނާގެ ގެއަށް ގެންގޮސް ރޭޕްކޮށްފައެވެ. އަދި ކަރުގައި ހިފާ ވަނީ މަރާލާފައެވެ.

ފުލުހުންނަށް އެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނުއިރު، އެ ކުއްޖާ ރޭޕްކުރި މީހާވެސް އޮތީ އެ ހަަށިގަނޑު ކައިރީއެވެ. އޭނާ އޮތީ މަސްތުހާލުގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރުވެސް އިންޑިއާގެ ކަތުއާ ސިޓީގައި ރޭޕްގެ ބޮޑު މައްސަަލައެއް ދަނީ ބަލަމުންނެެވެ. އަށް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލި އެ މައްސަލަ ފެންމަތިވެފައިވާއިރު، މި މަސް ތެރޭގައި އެކަނިވެސް ރޭޕްގެ އެތައް މައްސަލަތަކެއް އިންޑިއާގައި ފެންމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  މޯޑީ އަކީ ރޭޕްއައްޕަ. ޢެހެންވެ އަޅާނުލާ ހުންނަނީ. ނިކަން މުސްލިމުން ދެކެ ރުޅިއަންނާނެ.

 2. ެމުއުމިން

  ޔާﷲ...
  ތި ޝައިތާނީ އަމަލް ގިނަވަނީ ތިގޮތަށް އަނިޔާ ކުރުމައް ތި މީހުންގެ ހިއްތައް ލެނބިފައިވެސް ވާތީ. والله أعلمُ

 3. ހާމިދު

  Sheikh al Islam Ibn Tamiya said
  India is known from ancient times as a country of sorcery and polytheism.

 4. ޢަދުރޭ

  ރޭޕްގެ ނަމްބާވަން އިންޑިޔާ.

 5. އަޒޫ

  ރޭޕްކުރުން ނޫންކަމެއް ނުދަންނަ އިންޑިޔާ...........އިންޑިޔާ ސަރުކާރު ނުކުޅެދިފައިވާ މިންވަރު މިފެންނަނީ...........

 6. ހައިރާން

  އިންޑިޔާ މިހާރު ވޯލްޑް ރިކޯޑެއް ހަދަން އެއުޅެނީ