ވައިގެ މަގުން ޔަމަންގެ އުތުރު ޕްރޮވިންސަށް ދިން ހަމަލާތަކެއްގައި 31 މީހުން މަރުވެފައި ވާކަމަށް އދ. އިން ބުނެފިއެވެ.

ހުތީން ނަމަކަށް ކިޔާ ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތަކުން ބުނި ގޮތުގައި މި ހަމަލަދިނީ ސައުދީ އަރަބިއްޔާއިންނެވެ.

އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި ސައުދީން ހަމަލަތާ ދިނީ މިދިޔަ ހުކުރު ދުވަހު ސައުދީގެ ހަނގުރާމަވެރި ބޯޓުތަކެއް ވައްޓާލުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސައުދީން ބުނީ އެ ގައުމުން މަސައްކަތް ކުރީ އެ ސަރަހައްދުގައި ހަނގުރާމަ ކުރަމުންދިޔަ ޔަމަން ސަރުކާރަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.

އދ. އިން ބުނީ މި ހަމަލާތަކުގެ ސަބަބުން ޔަމަންގެ އާންމުންގެ 31 މީހަކު މަރުވެ، 12 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

ޔަމަނުގައި މި ހަނގުރާމަ ހިނގަމުންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ގައުމުން އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.