އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ވަރަށް ކަމުދާ ރައްޓެހި ބޭފުޅެއް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިންޑިއާ އަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޓްރަމްޕް ވިދާޅުވި ގޮތުގައި އިންޑިއާއަކީ ވަރަށް ފުރިހަމަ ތަނެކެވެ. އަދި އެ ގައުމަކީ ކްރިކެޓު ކުޅުންތެރިން އުޅޭ ގައުމެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އިންޑިއާ އަށް ތައުރީފް ކުރައްވައިފައެވެ.

ޓްރަމްޕް ވިދާޅުވީ މޯދީއަކީ ވަރަށް ކަމުދާ އަދި ރަނގަޅު ރައްޓެއްސެއް ކަމަށެވެ.

ޓްރަމްޕްގެ މި ދަތުރުފުޅުގައި އަނބިކަނބަލުން މެލޭނިއާ އާއި ދަރިކަނބަލުން އިވަންކާ އާއި ދަނބިދަރި ޖެރަޑް ކުޝްނާގެ އިތުރަށް ބޮޑު ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޓްރަމްޕްގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގައި އަޅާފައިވާ އެންމެ ބޮޑު ކުރިކެޓް ސްޓޭޑިއަމް ހުޅުއްވައި ދެއްވައިފައެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެތައް ބަޔަކު ވަނީ ޓްރަމްޕަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ. ޓްރަމްޕާއި ވަފްދުގެ ބޭފުޅުން ވަނީ ތާޖް މަހަލް އަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ މި ދަތުރުފުޅާ ގުޅިގެން އިންޑިއާއިން ވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑައް ވަރުގަދަކޮށްފައެވެ.

އިންޑިއާ އަކީ ވިޔަފާރީގެ ގޮތުން އެމެރިކާއާއި ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އެގޮތުން 2018 ވަނަ އަހަރު އެމެރިކާއިން ކުރި ވިޔަފާރި 142.6 ބިލިއަން ޑޮލަރަށް އަރައެވެ.

ޓްރަމްޕް އާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފްދަށް އިންޑިއާއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިއީ ފަހުގެ ތާރީހެއްގައި އިންޑިއާއިން ބޭރުގެ މެހެމާނަކަށް ދެންނެވި އެންމެ ފުރިހަމަ އަދި އެންމެ ބޮޑު މަރުހަބާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    މުސްލިމުން މަރާ އަނިޔާދޭ ކޮންމެ ސައިތޯނަކީ އަނެއް ސައިތޯނުގެ ރައްޓެހިން

    23
    1
  2. ޓްރަމްޕް މާމަ

    ދެން ދެމީހުން އިންނަންވީނު.

  3. ވެރިން

    ފިރުއައުން ދުނިޔޭގަ ހުރިނަމަ އޭނަ ވާނެ މީނަގެ ވަރަށް ގާތް އެކުވެރިޔަކަށް.