އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންދޫން ބައިވެރިވެގެން ކުރިއަށްގެންދާ ހަމަނުޖެހުންތަކުގައި 17 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން މައުލޫމާތުދޭ ގޮތުގައި މަރުވި 17 މީހުންގެ ތެރޭގައި ޕޮލިސް އޮފިސަރަކު ހިމެނެއެވެ.
ސިޓިޒެންޝިޕް ގާނޫނާ އެއްކޮޅަށް އަދި މުސްލިމުންނާ ދެކޮޅަށް ހިންދޫއިން ހަމަނުޖެހުން ހިންގަން ފަށާފައިވަނީ މި އާދީއްތަ ދުވަހުއެވެ.
ބީބީސީ ރިޕޯޓެއްގައި ބުނާ ގޮތުގައި، އެ ގައުމުގެ ހަމަނުޖެހުންތަކާއިއެކު ވަނީ މިސްކިތެއްގައި އަލިފާންރޯކޮށްލާފައެވެ. އަދި މަގުމަތިން ޤުރްޢާންގެ ގަނޑުތައް ވެސް ފެންނަން ހުރި ކަމަށް މި ނޫހުގައި ބުނެފައިވެއެވެ.
އެ ގައުމުން ބުނެފައިވާ ގޮތުގައި 17 މީހުންގެ ތެރެއިން ފުލުސް އޮފިސަރަކު މަރުވެފައިވަނީ އޭނާގެ ބޮލަށް ދިން ހަމަލާއެއްގައެވެ.
އެ ގައުމުން ވަނީ އިއްޔެގެ ވަގުތެއްގައި އިތުރު މިސްކިތަކަށް ގެއްލުން ދިން ފޫޓޭޖް އެއްވެސް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.
ޖެހިޖެހި ގެން ތިން ރޭ ވަންދެން ކުރިއަށް ދިޔަ މި މުޒާހަރާގައި 189 މީހުންނަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
މި މުޒާހަރާތައް ރޫޅުމަށް އެ ގައުމުގެ ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ. އޭގެތެރެއިން އާންމުންގެ ގިނަ ބަޔަކަށް ގެއްލުންވެ މީހުންގެ މުދަލައްވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ.
މިކަމާ ގުޅިގެން ދިއްލީގެ އިލެކްޝަން އޮފިސަރު އަރްވިދް ކެޖްރިވަލް މިއަދު ހެދުނު ކުރެއްވި ޓްވީޓެއްގައި ބުނީ ގައުމުގެ ފުލުހުންނަށް މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކޮށް ފަހަތަށް ޖެއްސުމުގެ ބާރު ނެތް ކަމަށެވެ.
އިންޑިއާގެ މި ހަމަނުޖެހުންތަކާ ހުރެ 150 އަށް ވުރެ ގިނަ މީހުން ވަނީ އެ ގައުމުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައެވެ.
ނަން ހާމަކުރަން ބޭނުންނުވާ މީހަކު އެ ގައުމުގެ ނޫހެއްގައި ބުނީ 50 އަށް ވުރެ ގިނަ މީހުނަށް އަނިޔާވެފައިވަނީ ފުލުހުންގެ ފަރާތުންނާއި އަދި އަލިފާނުގެ ހާދިސާއިން ކަމަށެވެ.
އިންޑިއާގެ މި ހަމަނުޖެހުންތަކާއި ހުރެ އެ ގައުމުގެ ވިޔަފާރިވެރިންނަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ކަޅިޔާއިކަޅި ދިމާވަމުންމިދަނީ!