އިންޑިއާގައި ދިރިއުޅޭ އެ ގައުމުގެ މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާތައް ހަރުކަށި އިބާރާތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ކުށްވެރިކޮށްފިއެވެ.

އިންޑިއާގެ ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ފާސްކުރި ގާނޫނާއި ގުޅިގެން ގިނަ މުސްލިމުންތަކެއް އެގައުމުގެ އެކި ކަންކޮޅުތަކުގައި މުޒަހަރާ ކުރި ނަމަވެސް ވެރިރަށް ނިއު ދިއްލީގައި ހިންދޫ އިންނާއި މުސްލިމުންނާއި ދެމެދު ހިނގަމުން އައި ހަމަނުޖެހުންތައް އިތުރުވެފައެވެ.

މިގޮތުން ހިންދޫ ދީނުގެ އެތައް ހާސް ބަޔަކު އެކި ގްރޫޕްތަކަށް ބަހާލައިގެން ނިއު ދިއްލީގެ މުސްލިމުންގެ ގެތަކާއި ފިހާރަތަކުގައި ހުޅު ޖަހައި، މުސްލިމުން މަރަމުން ގެންދާއިރުވެސް އެ ގައުމުގެ ފުލުހުން މިކަން ހުއްޓުވަން މާބޮޑު މަސައްކަތްތަކެއް ކުރަމުން ގެންދާތަން ފެނިފައެއް ނުވެއެވެ.

މިކަންތަކަށް އަލިއަޅުވާލަމުން އޯއައިސީ އިން ނެރުނު ބަޔާނުގައި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީވާކަން ވަނީ ހާމަކޮށްފައެވެ. އަދި އެކަން ކުރަމުން ގެންދާ މީހުން ހިފައި ހައްޔަރުކޮށް، އިންސާފުގެ ކުރިމައްޗައް ގެންނަން އެ ޖަމިއްޔާ އިން ގޮވާލުމުގެ އިތުރަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ މިއަށްވުރެން ސީރިއަސް ކޮށް ބަލައި، މުސްލިމުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށްވެސް ގޮވާލާފައިވެއެވެ.

ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންގެ އިތުރުން އިންޑިއާގެ ފުލުހުންގެ މެދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހައިތަނަށް 38 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އިންޑިއާ ފުލުހަކުވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިސަރުކާރުން ވެސް ނިކަން ރަނގަޅަށް މިކަން ކުށްވެރިކޮށް ބަލަ ކެރެންޏާ ނަޝީދު ވެސް ކޮށްބަލަ.

    26
    1
  2. ޖިންނި

    މިސަރުކާރުގެ އެންމެ އިސް މީހާ ކެނެރީގޭ މުރުތައްދު މީހާ މުސްލިމުންނަކަށް ހެވެއް ނޭދޭނެ

    10
    1
  3. ކަނބާ

    "އިންޑިއާގައި ދިރިއުޅޭ އެ ގައުމުގެ މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާތައް ހަރުކަށި އިބާރާތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ކުށްވެރިކޮށްފިއެވެ." ދިވެހި ރާއްޖެއަކީ މި ޖަމިއްޔާގެ މެމްބަރަކަށްވިޔަސް މިސަރުކާރުން މިކަމާމެދު އެއްޗެއް ނުބުނެވޭވަރަށް ސަރުކާރު އޮތީ އިންޑިޔާގެ ދަށުވެފައެވެ. މީގެ އިތުރުން މިސަރުކާރުގެ އިސް މީހުން އިންޑިޔާގެ ވެރިކަންކުރާ ޕާޓީއަށް ފުރިހަމަތާއީދު ކުރެއެވެ. އެހެންކަމަށް ވާނަމަ މި ޕާޓީ އިސްވެއޮވެ މުސްލިމުންނަށް އަނިޔާކުރާ ކުރުމަށް ތާއީދު ކުރަނީކަމަށް ނޫނީ ނުވާނެއެވެ.

    2
    2
  4. އަފީ

    ދިވެހިރާއްޖެއަކީ މިއަދު އިންޑިއާގެ ސިޓީއެއް! ދިވެހިންގެ މިނިވަންކަން ނިއުޅާގަނެ އިންޑިއާ މިއަދު މިވަނީ މިގައުމުގެ މިނިވަންކަމަށް އަރައިގަނެފައި! މިކަން މިގޮތަށް ދިމާވާންޖެހުނީ މިއަދު އަމިއްލަ މަންފާ ހޯދުމުގެ ދަހިވެތި ނުބައި ނުލަފާ ޖާހިލުކަންމަތީ ތިބި މި ސަރުކާރުގެ އިސްވެރިންގެ ސަބަބުން! މީ މަގޭ ރާއްޖެ