ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށައިފިއެވެ.

އެ ދަތުރައް ފަށާފައިވަނީ އިއްޔެއެވެ. ދަތުރުތައް ފެށީ މޯލްޑިވިއަން އާއި ރީޖަނަލްސް އެއާޕޯޓް ގުޅިގެންނެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ފްލައިޓްތަށް ފެށުމުން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބޭއްވުމަށްވަނީ ނިންމައިފައެވެ.

ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް މީގެ ކުރިން ވެސް މޯލްޑިވިއަނުން ދަތުރު ކުރިއެވެ. ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާތީ ދަތުރުތައް ހުއްޓާލީއެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ސަރަޙައްދެކެވެ. ހަމައެހެންމެ، އެސަރަޙައްދަކީ ބޭސްފަރުވާގެ ބޭނުންތަކަށް އަދި އެނޫންވެސް ބޭނުންތަކަށް އަބަދުވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ސަރަޙައްދެކެވެ.

 

ކިޔުންތެރިންގެ ހިޔާލު