އިންޑިއާ އާއި ޗައިނާ ގުޅޭ ބޮޑު ސަރަހައްދީ އިން އަމާންތަނަކަށް ވާން ޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެެ.

އިންޑިއާ އާއި ޗައިނާ އަކީ ދުނިޔޭގައި އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް ބޮޑު ދެ ބާރެވެ. މި ދެ ގައުމުގެ ދެމެދުގައި ހިމާލަޔަން ފަރުބަދަތަކުގައި މެދުގައި 3،440 ކިލޯމީޓަރުގެ ދިގު ބޯޑަރެއް ވެއެވެ.

އިންޑިއާ އަދި ޗައިނާގެ މި ދިގު ބޯޑަރުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް މައްސަލަ ގޯސްވެފައެވެ. ޒަމާނުއްސުރެ މި ދެ ގައުމުގެ ދެމެދުގައިވާ މައްސަލަތަކުގެ ސަބަބުން މީގެ 50 އަހަރު ކުރިން މި ދެ ގައުމުން ވަނީ ބޮޑު ހަނގުރާމަ އެއް ވެސް ކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ އިންޑިއާ އާއި ޗައިނާ އަކީ ދުނިޔޭގައި ވެސް ކުރިއަރަމުން އަންނަ ދެ ގައުމު ކަމަށާއި، އިގްތިސާދީ މި ދުވެލި ދެމެހެއްޓުމަށް ދެ ގައުމުގެ ހާރިޖީ ގުޅުންތައް ރަނގަޅުވާން ޖެހޭ ކަމަށެވެ. އަދި މައްސަލަ ޖެހިފައިވާ ބޯޑަރުގެ ކަންތަކުގައި ސުލްހަވެރި ހައްލެއް ހޯދުމަށް ދެ ގައުމުގެ އޮފިޝަލުން ރަސްމީ މަޝްވަރާތައް އަވަހަށް ފަށަން ޖެހޭ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އިދިކޮޅު ފަރާތްތަކުން މޯދީ ސިފަކުރަނީ ޗައިނާ އިން އިންޑިއާގެ ބޯޑަރު ހުރަސްކުރުމުން ވެސް އެކަމާއި އަޅައިނުލެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި އެއީ މޯދީގެ ފިނޑިކަން ކަމަށާއި މޯދީ ގައިގައި ގައުމުގެ މިނިވަންކަން ދިފާއުކުރުމުގެ ޤާބިލްކަން ނެތް ކަމަށް ވެސް އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގައި ވަރަށް ހީވާގި ބޭފުޅެެއް ނަމަވެސް މީޑިއާ ތަކަށް ވަރަށް ދުރު ބޭފުޅެކެވެ. މޯދީ ގެ 10 އަހަރުގެ ވެރިކަމުގައި އިންޑިއާގެ އެއްވެސް މީޑިއާ އަކަށް މޯދީ އިންޓަވިއު އެއް ނުދެއްވައެވެ.

މޯދީ ދެއްވި ފުރަތަމަ އިންޓަވިއުގައިވެސް އޭނާ ވަނީ އިގްތިސާދީ ގޮތުން އިންޑިއާ އަށް ޗައިނާ ގެ މުހިއްމު ކަމުގެ ވާހަކަ ދައްކަވާފައެވެ. އަދި ދެން އިންޑިއާގައި އުފެދޭ ސަރުކާރަކުން މިހާރަށް ވުރެ ރަނގަޅު ގުޅުމެއް ޗައިނާ އާއި އެކީ އުފައްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮންނެވި ކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު