12 އަހަރުން ދަށުގެ ކުދިން ރޭޕް ކުރުމުން މަރުގެ އަދަދު ދޭން އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި އެވެ.

"ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ ޔޫނިއަން ކެބިނެޓުން ނިންމި މި ނިންމުމަށް ރުހުން ހޯދުމަށް ދެން ފޮނުވާލީ އެގައުމުގެ ރައީސް ރާމް ނަތު ކޯވިންދުގެ އަރިހަށެވެ.

12 އަހަރުން ދަށުގެ ކުދިން ރޭޕްކުރާ މީހުން މަރަން ކެބިނެޓުގެ ކުއްލި ބައްދަލުވުމެއްގައި ފާސްކުރިއިރު މީގެކުރިން އެފަދަ މީހުންނަށް އޮންނަ އަދަބަކީ ހަތް އަހަރު ނުވަތަ އުމުރަށް ޖަލަށް ލާން ހުކުމް ކުރުމެވެ.

މީގެއިތުރުން މި ކެބިނެޓު ބައްދަލުވުމުގައި ވަނީ އަންހެނުން ރޭޕްކުރާ މީހުންނަށް ދޭ އަދަބު ބޮޑު ކުރުމަށް ވެސް ނިންމާފައެވެ. އެގޮތުން އެފަދަ ފަރާތްތަށް އުމުރަށް ޖަލަށްލުމަށް ވަނީ ފާސްކޮށްފައެވެ. މީގެކުރިން މިފަދަ މައްސަލަތަށް ސާބިތުވާ މީހުންނަށް އޮންނަ އަދަބަކީ 7 އަހަރާއި 10 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރޭޕްއާ ގުޅުންހުރި މައްސަލަތަށް ކޯޓުތަކުގައި އަވަހަށް ނިންމުމަށާއި 16 އަހަރުން ދަށުގެ ކުދިން ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކަފާލާތުގެ ދަށުން މިނިވަން ކުރުން މަނާކުރަން ވެސް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

އިންޑިއާގެ ކެބިނެޓުން މިފަދަ ނިންމުންތަކެއް ނިންމާފައިވާއިރު އެގައުމުގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތަށް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ. އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުރަބޯ

    13 އަހަރު އޯކޭދޯ....!! މޯދީ....!!! ކޮންމެހެން ރޭޕްކުރަން ޖެހޭތަ؟

    • އައްލޮ

      މޮހޮދޭއަށް 6 އަހަރުވެސް އޯކޭނު. ދެން ކޮބާ މައްސަލައަކީ

  2. ކެޔޮޅު

    އިންޑިއާ ގެ ކެބިނެޓުން މަރުގެއަދަބު ދޭން ނިއްމިއިރު ބޮބާބާ އީޔޫ؟؟؟

  3. ކާފަ

    އެވެސް 12 އަހަރު

  4. ގެރި އިންސާފު

    ދެން އެހެން ވެއްޖެޔާ 12 އަހަރުން މަތީ ކުދިން ރޭޕް ކުރިޔަސް އޯކޭ ވާނެ ،ތިކޮންކަހަލަ އިންޑިޔާއެއްތަ؟.ރޭޕް އިނޑިޔާ

  5. އަލްޖިބްރާ

    ކޮން 12 އަހަރެއް 32އަހަރެއް ؟ ރޭޕްވާނީ ރޭޕްއަކަށް ނޫންތަ ؟އިންޑިއާ ސަރުކާރުން މިސުވާލުގެ ޖަވާބު ދެވިދާނެތަ ؟ ކަލޭމެނަށް ކުރެވޭނެ ކަމަކީ ޖަނަވާރުތަކަށް އަޅުކަން ކޮށް އެއަށް އައި.ޑީ ކާޑު ހަދާދިނުން ! އެންމެ ޖޯކު ކަމަކީ އަޅުކަން ކުރަން ގެންގުޅޭ ކަލާގެ ލައްވާ އޭތީގެ ގުދާރު ބިދޭވަރަށް ދުވާލުދާ ހަތަރުދަމު މަސައްކަތް ކުރުވަން އޯކޭ ! މީކޮން ކަހަލަ ކަލާގެއެއްތަ ؟

  6. ނާކް

    ކޮބާ ހީވިކަމެއްހެން ޑިމޮކުރަސީ ދޫކޮށް އިސްލާމީ ޙުކުމްތަކާ ދިމާއަށް ޙައްލު ހޯދަން ތި ދާންޖެހުނީ