އުމުރުން 12 އަހަރަށްވުރެ ކުޑަކުދިން ރޭޕުކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޤާނޫނަށް ބަދަލު ގެނައުމަށް، އިންޑިޔާގެ ރައީސް ރާމް ނާތު ކޮވިންދު ހުއްދަ ދެއްވައިފިއެވެ.

އިންޑިޔާގައި އުމުރުން އަށް އަހަރުގެ ކުއްޖަކު ރޭޕުކޮށްލުމާ ގުޅިގެން، އެޤައުމުގެ މަޝްރަހު ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި، ޤާނޫނަށް ބަދަލު ގެންނެވުމަށް ރައީސް ހުއްދަ ދެއްވާފައިވާއިރު، މިގޮތަށް ބަދަލު ގެނައުމަށް އެޤައުމުގެ ވަޒީރުންގެ މަޖިލީހުން ނުވަތަ ކެބިނެޓުންވެސް ވަނީ ހުއްދަ ދެއްވާފައެވެ.

ރައީސް އާއި ބޮޑުވަޒީރު ހިމެނޭ ކެބިނެޓުން މި ޤާނޫނު އިސްލާޙު ކުރުމަށް ހުއްދަދެއްވާ، ކުޑަކުދިން ރޭޕުކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތް ފަހިކުރުމަށް މަސައްކަތްކުރައްވާފައިވާއިރު ދެން މިކަމުގައި ބޭނުންވާނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ހުއްދައެވެ. ޕާލަމެންޓުގެ ދެ ގެއިން މި ނިންމުމަށް، ހަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެއެވެ.

ކުޑަކުދިން ރޭޕުކުރާ މީހުންނަށް މި ޤާނޫނުން ދޭން ކަނޑައަޅާފައިވާ އަދަބު ތަކަކީ އެންމެ ކުޑަވެގެން 20 އަހަރަށް ނުވަތަ އުމުރަށް ޖަލަށްލުމެވެ. އަދި، އެންމެ ބޮޑުވެގެން މަރުގެ އަދަބު ދިނުމެވެ. ހަމައެހެންމެ، 16 އަހަރުން ދަށުގެ ކުދިން ރޭޕުކުރާ މީހުން، ކަފާލާތުގެ ދަށުން މިނިވަން ކުރުންވެސް، ޤާނޫނުގައި ހިމެނެއެވެ.

އިންޑިޔާގެ ސަރުކާރުން މިފަދަ ނިންމުންތަކެއް ނިންމާފައިވާއިރު، އެޤައުމުގެ ސަރުކާރުން ރޭޕު ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ އެތައް ބަޔަކު ދަނީ އިނގިލި ދިއްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަންޖޭ ލީލާ ބަންސާލީ
  2. މޫސާ

    އެއޮތީ މަރުގެ އަދަބު ކަނޑައަޅާފަ! ކޮބާ އދ. އީޔޫ، ކޮމަންވެލްތް، އަދި ޣައިރު މުސްލިމު ޖަމާޢަތްތްއް ކޮބާ! ޣައިރު މުސްލިމް ޤަވްމެއްވީމާ އަޅާނުލާނެ. ދެނެހުރި ކަމަށަވެސް ނުހަދާނެ.

  3. ސިދާ

    ކޮބާ އަންނި . އެ ރޯނާ އަކަށް ނުފެންނާނެ

  4. ދ

    ކޮބާ އައްނި އެރު......ކާޅައްފެނޭތަ ނުކެރޭނެ އެއްޗެއްކިޔާކައް

  5. ޖޮއްބެ

    އަޖައިބެއް ނުވާނެތަ؟ އދ އާއި އީޔޫ އާއި އިހަށްވެސް އޮވޭ. މިގައުމުގެ ދާޚިލީ ކަންކަމާބެހި، ދީނާބެހިއެއް ނުހަދާ. މިހާރު މި ވެގެންއުޅޭގޮތަކީ ދީނެއް މިއްލަތެއް މަޒްހަބެއް ނެތިގެން އުޅޭ މިގައުމުގެ މީހަކު އެބައިމީހުން ލައްވާ މިގައުމުގެ ކަންކަމާ ބެއްސަނީ. އަދި އެމީހަކުގެ ފަހަތުގައި ތިބި ހަމަ އޭނާފަދަ ބަޔަކު ވެސް އެކަމަށް ތާއީދުކޮށް އެކަމަށް އެދެނީ.

  6. ޔާސިރު

    ނޯ ނޯ.. ތީ މުޅިން އިންސާނިއްޔަތާއި ހިލާފުކަމެއް.. ހާދަ ހެއްވަޔޭ އަހަރަމެން މަރުގެ އަދަބު ދޭން އުޅިނީމަ ދޯ ހިއުމަން ރައޓްސް ކިޔާ އެއްޝެއް އޮއްނަނީ