އަނެއްކާވެސް ހަ އަހަރުގެ ކުއްޖެއް ރޭޕްކޮށްފިއެވެ. އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟. އަންހެނަކަށްވުން ހެއްޔެވެ؟. މި ފަހަރު ރޭޕްކޮށްފައި މި ވަނީ ހަ އަހަރު ކުއްޖެކެވެ

އޮޑީޝާއަށް ނިސްބަތްތާ އެ ކުއްޖާ ރޭޕްކޮށްފައި އޮއްވާ ފެނުނީ އާއިލާ އާއި އަދި ބައެއް އަވައްޓެރިން ވެގެން އެ ކުއްޖާ ހޯދަމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށްފައިވާ އޮއްވާ ފެނުނުއިރު، ބޮލުންނާއި، އަނގައިން ލޭ ވެސް ވަނީ އައިސްފައެެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި މައްސަލައާ ގުޅިގެން 25 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި، އެ ކުއްޖާއަކީ ރޭގަނޑުގެ ވަގުތެއްގައި ބިސްކޯދެއް ގަންނަ ކައިރި ފިހާރައަަކަށް ދިޔަ ކުއްޖެކެވެ. އޭނާ އެނބުރި ގެއަށް ނައިސްގެން އާއިލާާ މީހުން އޭނާ ހޯދި ވަގުތަކީ އެ ހިސާބުން ކަރަންޓްވެސް ދިޔަ ވަގުތެވެ.

"ގަޑިއެއްހާ އިރުފަހުން އެ ކުއްޖާ ފެނުނީ ބަރަހަނާ ހާލުގައި ސްކޫލް ކެމްޕަސް ތެރޭގައި އޮއްވާ. އެ ކުއްޖާގެ ބޮލުންނާއި، އަނގައިން ލޭވެސް އައިސްފައި އޮތީ". ފުލުހުން ބުންޏެވެ.

އެ ކުއްޖާއަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެ ކުއްޖާ ހާލު ކްރިޓިކަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުން

    ރީއާނޫ! މިލިޔުން މިއޮތީ ޖަސްޓިފައި ނުކޮށެއްނު؟

  2. ޙަސަނުބެ

    ޙިތާމަ ހުރިކަމެއް މިކަހަލަ ކަންތައް ނުހުއްޓުވި އިތުރުވއގެން ދާނަމަ ކޯފާއެއް އަތުވެދާނެ ކަމުގެ ބިރުބޮޑު ޔާ ﷲ

    • މި

      އާނ ބިރުބޮޑު އަސްލުވެސް.. މާތްﷲ އައްޓަކާ
      މިއަނިޏާވެރިކަން އަޅުގަނޑު މެންވެސް އެންމެ ކުޑަމިނުން އިންޝާﷲ ދުޢާ ކޮއްގެންވެސް ހުއްޓުވަން މަސައްކަތް ނުކުރަންޏާ މާތްﷲ ޙަޒުރަތުން ގަދަފަދަ ކޯފާ އެއް އައިސް އެންމެން ވަށާލަފާނެ.. ޔާﷲ މިއަނިޔާވެރިކަން ނެތިކުރައްވަވާށި އަދި އަނިޔާ ލިބުނު ފަރާތްތަކައް އިންސާފުދެއްވަވާށި ކުއްވެރިންނަށް ހައްގު އަދަބު ދެއްވަވާށި އާމީން ޔާﷲ

  3. ގުންޑޮޅި

    ގައުމުގަ ތިބި ތުއްތު ކުދުންކޮޅު ފަޅާ ހުސްކުރާއިރުވެސް މޯދީއަށް ބޮޑުވަނީ މިރާއްޖޭގެ ސުޕުރީމްކޯޓުގެ ހުކުމް ތަންފީޒު ނުކުރެވިގެން. ދުނިޔޭގެ ފުލުހަށް ހެދިގެންއުޅޭ ޓުރަމްޕު ވެއްޖެނޫން މިއިންޑިއާ ތަޅާ ސުންނާފަތިކޮށް އެތަނުން ދިވެހިންނަށް ގޯތިދޫކުރަން.