އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ އިތިއޮޕިޔާ އިން ކޮވިޑް-19 ފެނިއްޖެއެވެ.

އިތިއޮޕިޔާ އިން ކޮވިޑް-19 އަށް މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާކަން އެޤައުމުގެ ހެލްތް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

އިތިއޮޕިޔާގެ ހެލްތް މިނިސްޓްރީން ވިދާޅުވީ، އެޤައުމުން ފުރަތަމަ ވައިރަސް އަށް ފައްސިވެފައި ވަނީ ބޭރުގެ ޤައުމަކުން އެޤައުމަށް ދަތުރުކުރި ޖަޕާނަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އިތިއޮޕިޔާ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެފްރިކާ އިން ކޮވިޑް ފެނުނު ޤައުމުތަކުގެ އަދަދު ވަނީ 28 އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން މިވައިރަސް ފެނުނު ޤައުނުތަކުގެ އަދަދު 132 އަށް އައެވެ. އަދި ވައިރަސް ޖެހުނު މީހުންގެ އަދަދު 138000 އަށްވުރެ ވަނީ އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނޮއިމަސް

    އަދިވެސް ދުނިޔޭގެ އެތައްމިތަނުން ފަތުރުވެރިން ގެނެވޭތޯ ބަލާ.... ރައްޔިތުން ރައްކާތެރިވެތިބުމަަށް ގޮވާއިރު އެހެން ޤައުމުތަކުގެ މީހުން ގެނައުން ހުއްޓުވިގެން ޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާނީ ... އިސްވެރިންނަށް ވިސްނޭނީ އެކަންޓުފުރި ބަންޑުންވީމަ ތޯއެއްޗެއް... ޙެޔޮ ވިސްނުން ދެއްވާދެއްވާށި ޢާމީން