އިންޑިޔާގެ ވެރިރަށް ކަމަށްވާ ދިއްލީގެ ކޮމިޝަނަރ އޮފް ވިމެން އެޤައުމުގައި ރޭޕްގެ މައްސަލަ ބޮޑުވެ، އެކަން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅާފައިނުވާތީ، ކުރިޔަށް ގެންދިޔަ ބަނޑުހައި ހޫނު ކަމުގެ ހަޅުތާޅު ހުއްޓާލައިފިއެވެ.

ޑެއްލީގެ ކޮމިޝަނަރ އޮފް ވޮމެން ސުވާތީ މަލިވާލް ބަނޑުހައިހޫނު ކަމުގެ ހަޅުތާޅެއް ކުރަމުން އަންނަތާ މިހާރު 10 ދުވަސްވެފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެއެވެ. އިންޑިޔާގައި ޖެހިޖެހިގެން އެތައް ކުދިންނެއް ރޭޕްކޮށްފައިވާ މިދަނޑިވަޅުގައި އެކަން ކުރި ފަރާތްތަކަށް އެކަށީގެންވާ އަދަބު އޭރު އެޤައުމުގައި އޮތް ޤާނޫނުން ނުދޭތީ ފެށި މިހަޅުތާލު ނިންމާލީ އެޤައުމުގެ ޔޫނިއަން ކެބްނެޓްއިން12 އަހަރުން ދަށުގެ ކުޑަކުދިން މަރާ ފަރާތްތަށް މެރުމަށް ހުކުމް ކުރުމުގެ ބާރު ކޯޓްތަކަށް ދިނުމާއި ގުޅިގެންނެވެ.

8 އަހަރުގެ ކުއްޖެއް އެތައް ފަހަރެއްގެ މަތިން އެތައް ބަޔަކު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިއިރު، އިންޑިޔާގެ ސަރުކާރުންވަނީ ރޭޕްގެ މައްސަލަތަށް ހުއްޓުވުމަށް ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ.

މިގޮތުން ކުޑަކުދިން ރޭޕުކުރާ މީހުންނަށް މި ޤާނޫނުން ދޭން ކަނޑައަޅާފައިވާ އަދަބު ތަކަކީ އެންމެ ކުޑަވެގެން 20 އަހަރަށް ނުވަތަ އުމުރަށް ޖަލަށްލުމެވެ. އަދި، އެންމެ ބޮޑުވެގެން މަރުގެ އަދަބު ދިނުމެވެ. ހަމައެހެންމެ، 16 އަހަރުން ދަށުގެ ކުދިން ރޭޕުކުރާ މީހުން، ކަފާލާތުގެ ދަށުން މިނިވަން ކުރުންވެސް، ޤާނޫނުގައި ހިމެނެއެވެ.