އެފްރިކާ ބައްރުގެ ގައުމުތަކަކީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ދިރިއުޅުމުގެ ފެންވަރު ނުވަތަ ސްޓޭންޑާޑް އޮފް ލިވިންގް އެވްރެޖްކޮށް އެންމެ ދަށް ގައުމުތަކެވެ.
ނަމަވެސް އެފްރިކާގެ ބައެއް ގައުމުތަކަކީ ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ގައުމުތަކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މީގެ 10 އަހަރު ކުރިން ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓްގައި ހިމެނިފައިވާ އިތިއޯޕިއާގެ އިޤްތިސާދަށް އައި ބޮޑު އިންގިލާބެވެ.
އެގޮތުން އެފްރިކާ ބައްރުގެ އެންމެ ހަލުވި ސްޕީޑުގައި ކުރިއަރަމުން އަންނަ ގައުމަކީ އިތިއޯކަމުގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ބުނެފައެވެ.
އެފްރިކާ ގައުމުތަކުގެ އިގްތިސާދުގެ މައްޗަށް އަލިއަޅުވާލާ އައިއެންއެފް އިން ނެރުން ރިޕޯޓްގައިވާގޮތުން މިއަހަރު އެކަނިވެސް އިތިއޯޕިއާ ވަނީ 8.5 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައެވެ.
އަދި މުސްތަގުބަލުގައި މިއަދަދު ދެގުނައަށް އިތުރުވާނެ ކަމުގައިވެސް އެ ރިޕޯޓްގައިވެއެވެ.
އައިއެމްއެފްގެ ރިޕޯޓްގައިވާ ގޮތުން އިތިއޯޕިއާގެ އިގްތިސާދު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެ ގައުމުގައި އަލަށް ހުޅުވުނު ރެއިލްވޭ ސްޓޭޝަން ތަކެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރު ކުރުން ފަސޭހަވެ ވިޔަފާރިތައް ކުރިއަރައިގެން ގޮސްފައިވާ ކަމުގައިވެސް އެރިޕޯޓުގައިވެއެވެ.
އެމެރިކާގެ ސެންޓަރ ފޯރ ގުލޯބަލް ޑިވެލެޕްމެންޓުން ބުނެފައިވާ ގޮތުގައި އިތިއޯޕިއާގެ އިންތިސާދު ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި އެތަކެއް ގުނައެއް ކުރިއަރައިގެން ގޮސް ދުނިޔޭގެ ބޮޑެތި އިންވެސްޓްމެންޓްތަށް އެގައުމަށް އަންނާނެއެވެ.
އިތިއޯޕިއާ ފާހަގަވެފައި އޮންނަނީ ދުނިޔޭގައިވާ އެންމެ ހޫނު ބިމުގެ ގޮތުގައެވެ.
އަވަހައް އެމެރިކާލައްވާ ހަގުރާމަކުރަނވީ
އިއްޔެ ފަގީރުކަމުން މަލާމާތެއް ގޮތައް ދިވެހިންގެ ތެރޭގަ "އިތިއޯޕިޔާ" ކީީ ގައުމު މި ހިސާބައް މިގެނެސްދިނީީ ޗައިނާގެ ސިޔާސަތުގެ ސަބަބުން. މިޔަދު ހުޅަގައްވެސް އިތިއޯޕިޔާ ފެނިއްޖެ
ސައިންސް ގެ އަލީގައި ބުނާނަމަ ހުރިހާ އިންސާނުންގެ ފެށުމަކީވެސް ހަމަ އެފްރިކާ. ޔޫރަޕާއި އެމެރިކާ ތަރައްގީީ ވީވެސް އެފްރިކާ ގައުމް ތަކުން ވައްކަން ކޮށްގެން. އެމެރިކާ އަކީ ބަބުރުންގެ ލެޔާ ދާ އޮހޮރުވައިގެން ކުރިއެރި ގައުމެއް. ދިވެހީންގެ ބޮޑުބެރަކީވެސް އެފްރިކާއިން އައި ސަގާފަތެއް. އަދި ބައެއް ދިވެހި ރައްޔިތުންނަކީވެސް އެފްރިކާ ދަރިކޮޅުގެ މީހުން. ދިވެހީންނަކަށްނެށް އެފްރިކާއަށް މަލާމާތް ކުރެވޭކަށް. ރިސާޗްކޮށް ހޯދާ ބަލާ. ހުޅަނގަކަށް ނޫން އަހަރުމެން ބަލަންވީކިއްޔެށް. އިސްލާމް ދީނުގަައި ފުރަތަމަ ބަންގިގޮވީސް ބިލާލް ކިޔާ އިތިއޯޕިއާއަށް ނިސްބަތްވާ އަސްޙާބް ބޭކަލެއް!!
އެފްރިކަާ އަކީ އިންސާނުންގެ ފެޝުން.