ޖުލައި-ސެޕްޓެމްބަރު ކުއާޓާގައި އެންމެ ބާރު ސްޕީޑުގައި ކުރިއަރަމުންއައި އިންޑިއާގެ އިގްތިސާދު އިތުރަށް ކުރިއެރުމަށް ކޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޮން އާ ގުޅިގެން ބުރޫ އަރާފާނެ ކަމަށް އިކޮނޮމިސްޓުން ވިދާޅުވެއްޖެއެވެ.

އިގުތިސޯދީ މާހިރުން ވިދާޅުވާ ގޮތުގައި، މިދިޔަ އަހަރު ކުރިމަތިވި ބަލިމަޑުކަމުގައި ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އިގުތިސޯދު ވަނީ ރީބައުންޑް ވެފައެވެ. ނަމަވެސް ކޮވިޑް-19ގެ އާ ވޭރިއަންޓާއި ގުޅިގެން ދުނިޔޭގެ ބާޒާރަށް މަޑުޖެހުމެއް އައިސް، ތަކެތީގެ އަގުތައް ދުނިޔޭގެ ބާޒާރުގައި އުފުލެމުން ދިއުމަކީ ކުރިއެރުމަށް އޮތް ނުރައްކަލެކެވެ.

މިދިޔަ އަންގާރަ ދުވަހު ސްޓެޓިސްޓިކްސް މިނިސްޓްރީއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ވަނީ 8.4 އިންސައްތައަށް އިތުރުވެފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރު އިންޑިއާގައި އިގުތިސޯދީ ކުރިއެރުން 9.5 އިންސައްތައަށް އަރާނެއެވެ. އަދި ޗައިނާގެ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ސަބްސިޑީ ކަނޑާލުމާއި، އިންވެސްޓްމަންޓްތައް ގެނައުމަށް ރާވާފައިވާ ތިން ފާމް ގާނޫނެއް އަނބުރާ ގެންދަވާފައެވެ. މިކަމާއި ގުޅިގެން އެގައުމުގެ މަސައްކަތްތެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅުވައި، އަގުތައް އުފުލެމުން ދިއުމާއި، ރޫރަލް ވޭޖް ތައް ދަށަށް ދިއުމުގެ ސަބަބުން ކޮންސިއުމަރ ޑިމާންޑް ދަށަށް ދިއުމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އޮމިކްރޮން ވޭރިއެންޓުގެ ވޭދަނަތައް އިންޑިއާއިން ފެނުމާއެކު އެގައުމުގެ ވައިގެ ބަނދަރުތަކުގައި ޓެސްޓު ކުރުން ހަރުކަށި ކުރުމަށް ސިއްހީ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދަނޑިވަޅުގައި ދަތުރުފަތުރު ކުރުން ހުއްޓުމަކަށް ގެނައުމަށް ލުއިތަކެއް ދިނުމަށް ރާވާފައިވާ ޕްލޭންތައް އަލުން މުރާޖައާ ކުރުމަށް މޯދީ ވަނީ އަމުރު ކުރައްވާފައެވެ.

ޕްރައިވެޓް އިކޮނޮމިސްޓުން ވިދާޅުވާ ގޮތުގައި ކޮވިޑް-19ގެ އާ ވޭރިއަންޓްގެ ސަބަބުން ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ހިދުމަތްތައް ރަނގަޅުވުމުގެ އުންމީދު ކުޑަވެގެންދެއެވެ.