އިނގިރޭސިވިލާތުން އޮމިކްރޮން ވޭރިއެންޓަށް ވުރެ އަވަހަށް ފެތުރޭ ވޭރިއަންޓެއް ފެނިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ވޭރިއެންޓަކީ ދެކުނު އެފްރިކާއިން ފެނުން އޮމިކްރޮން ވޭރިއެންޓަށް ވުރެ 10 އިންސައްތަ އަވަހަށް ފެތުރޭ ވޭރިއެންޓެކެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްސީއޭ) އިން ދަނީ އެކްސްއީ ވޭރިއެންޓް އިތުރަށް ދިރާސާ ކުރަމުންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުން މި ވޭރިއެންޓަކީ އޮމިކްރޮން އާއިލާގެ ވޭރިއެންޓެކެވެ.

ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 22 މާރޗްގެ ނިޔަލަށް އިންގްލެންޑުގެ އެކި ކަންކޮޅުތަކުން މި ވޭރިއެންޓު (އެކްސްއީ ވޭރިއެންޓް) ގެ 637 ވޭދަނައެއް ވަނީ ފެނިފައެވެ.

ޔޫކޭއެޗްއެސްސީއޭ އިން ބުނި ގޮތުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ ސްޓެލްތް ބީއޭ.2 ވޭރިއަންޓަށް ވުރެ 9.8 އިންސައްތައިގެ ކުރިއެރުމެއް ވަނީ އަލަށް ދެނެގަނެވުނު އެކްސްއީ ވޭރިއެންޓް ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާފު

    އަހަންނަށް ވަރިހަމަ

    4
    2
  2. 😡😡😡

    ކޮން ވޭރިއެންޓެކޭ ކިޔާކަށް. ވެކްސިނުން މީހުމަށް ގޮތްވަވާހަކ އޮށްބާލން ކުރާކަމއއް. ކޮވިޑުން މަރުނުވިޔަސް ބަލަނީ ކޮވިޑުކަމަށް. އޮޅުވާލުމެއް

    5
    1
  3. ރާއްޖެތެރެ.

    ތިޔާ ވޭރިއަންޓެއް ނެތިއްޔާ ބިލިނިއަރުންތަކެއް ފަގީރު ވާނެ!

  4. މަވެރި

    ތިޔަކަހަލަ ވޭރިއަންޓުން ބޮޑުންގެ ޖީބުތައް ފުރާލާ ގެރިންގެ ވެރިކަން ދަމަހައްޓަދޭ