ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން އަށް ހާއްސަކޮށްގެން އުފެއްދި ވެކްސިން ކާމިޔާބު ނުވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް އެކި ކަހަލަ ވެކްސިންތައް އުފެއްދި ނަމަވެސް ބަލީގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން އަށް އެ ވެކްސިންތައް މަސައްކަތް ކޮށްފައި ނުވާތީ ކަމުގެ މާހިރުން ވަނީ އޮމިކްރޮން އަށް ހާއްސަ ކޮށްގެން ބޫސްޓާ ޑޯޒެއް ތައްޔާރު ކުރުމަށް ފަށާފައެވެ.

ބޫސްޓާ ޑޯޒު ތައްޔާރު ކުރުމުގެ އެކި މަރުހަލާތައް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ ފަހުގެ ނަތީޖާތަކުން މިހާރު ދައްކަނީ އެކަން ކާމިޔާބު ވެފައި ނުވާ މަންޒެރެވެ.

މިބޫސްޓާ ޑޯޒު ޖަނަވާރުންނަށް ޖަހައިގެން ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ފުރަތަމަ ނަތީޖާއިން ދައްކާފައިވަނީ ބޫސްޓާ ޑޯޒުން ލިބޭ ވަރަށް ވުރެ އިތުރަށް އޮމިކްރޮނަށް ހާއްސަކޮށްގެން އުފެދެއްދި ބޫސްޓާ ޑޯޒުން ރައްކާތެރިކަން ނުލިބޭ ކަމަށެވެ.

އޮމިކްރޮންގެ ބޫސްޓާ ޑޯޒު ތައްޔާރު ކޮށްފައިވަނީ ފައިޒާ ކުންފުންޏާއި މޮޑާނާ ކުންފުނި ގުޅިގެންނެވެ. ބައެއް ޓެސްޓްތަކުން މާ ބޮޑު ކުރިއެރުމެއް ލިބިފައި ނެތް ނަމަވެސް ސައިންސްވެރިން އުންމީދު ދޫކޮށްލާފައެއް ނުވެއެވެ.

ސައިންސްވެރިން ބުނެފައިވަނީ ވެކްސިންގެ މޮޑާނާގެ ވެކްސިންގެ ދެ ޑޯޒާއި ބޫސްޓާ ޑޯޒު ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަ ވެގެންދާ ކަމަށެވެ. އަދި ޓެސްޓްތައް ހަދާފައިވާ ރާމާމަކުނުގެ ހަށިގަނޑަށް އޮމިކްރޮންގެ ނުރައްކާ ވެސް ކުޑަ ކަމަށް ވަނީ ބުނެފައެވެ.

އިތުރު ތަފްސީލް އަންނަނީ....