މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބަލި، ކޮވިޑް-19 ގެ ސަބަބުން އެންމެންވެސް މި ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މި ބަލި ޖެހޭ މީހުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެންމެ ގާތުން ހަރަކާތްތެރިވަނީ ސިއްހީ ފަރުވާ ދޭ މީހުން ކަމަށްވާއިރު، އޭގެ ތެރެއިންވެސް ބަލި މީހާއާ އެންމެ ފުރަތަމަ ކޮންޓެކްޓް ވަނީ ޕެރެމެޑިކްސް ނުވަތަ އަވަސް ފަރުވާދޭ ފަރާތްތަކެވެ.

ޚަބަރުގައިވާ ފޮޓޯއިން އެ ފެންނަނީ އަވަސްފަރުވާ ދޭ ދެ ފަރާތެވެ. އިސްރާއީލުގައި ނަގާފައިވާ މި ފޮޓޯ ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ފަހަރެއްގައިވެސް ފޮޓޯގެ މޮޅު ކަމަކުން ނޫނެވެ. ފޮޓޯއިން ފެންނަ މަންޒަރުގެ ސަބަބުންނެވެ. އެއީ ދެ ދީނެއް ގަބޫލުކުރާ ދެ މީހެކެވެ.

އެ ދެމީހުން މަޑުކޮށްލައިގެން އެ ތިބީ ނޭވާލާން އުނދަގޫވި 41 އަހަރުގެ އަންހެނަކު ހޮސްޕިޓަލަށް ލައިދިނުމަށްފަހު އެވެ. އިރުއޮއްސި 06:00 އާ ގާތް ވެފައި ވުމާ ގުޅިގެން އިތުރު ބްރޭކެއް ނުލިބިދާނެތީ އަޅުކަން އަދާ ކުރުމަށް ގަސްދުކޮށްގެން މަޑުކޮށްލީ އެވެ. އެ ދެމީހުންގެ ތެރެއިން އެކަކީ މުސްލިމެކެވެ. އަނެކަކީ ޔަހޫދީ އެކެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުސައްލަ އަޅައިގެން އިން، އަބޫ ޖަމާ އަކީ މުސްލިމެކެވެ. އޭނާ އެ އިނީ ގިބްލައަށް ކުރިމަތިލައިގެން ނަމާދު ކުރުމަށެވެ. ދެން ހުރި މީހާ އަކީ ޔަހޫދީއެއް ކަމުން އޭނާ އެހުރީ ގުދުސް އަށް ކުރިމަތިލައިގެން އެ ދީނުގެ އަޅުކަން އަދާ ކުރުމަށެވެ.

މި ދެ ޚިދުމަތްތެރީންނަކީ އިސްރާއީލަށް ނިސްބަތްވާ ދެ މީހުންނެވެ. އަދި މަސައްކަތް ކުރަނީ އިސްރާއިލްގެ އެމެޖެންސީ ރެސްޕޯންސް ޚިދުމަތުގައެވެ. ކޮންމެ ހަފްތާއަކުވެސް ދެ ދުވަސް ނުވަތަ ތިން ދުވަހު އެ ދެމީހުން މަސައްކަތް ކުރަން ޖެހެނީ އެއް ޝިފްޓެއްގައެވެ.

ދެ ދީނުގެ ދެމީހަކު އެއްކޮށް އަޅުކަން އަދާ ކުރާތަން ފެނުމުން ބައެއް މީހުންނަށް އާ ކަމަކަށް ނުވި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެ ހާސް ކަމެއްގެ ތެރޭގައި ވަނިކޮށް މިފަދަ ފޮޓޯއެއް އާންމުވުމުން ގިނަ ބަޔަކަށް ވަނީ އިބުރަތެއް ހާސިލް ވެފައެވެ. މި ފޮޓޯ މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާއިރު ބައެއް މީހުން ވަނީ ދީނީ ޚިޔާލުތަފާތުވުންތައް ދޫކޮށްލައި އިންސާނީ ޚިދުމަތުގައި އެއްބައިވުމަށް ގޮވާލަމުންނެވެ. އަދި ނުރައްކާތެރި ކޮރޯނާ ވައިރަސް އިން ސަލާމަތް ވެވެން އޮތީ އެއްބައިވަންތަވެގެން ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާ ގަބޫލު ކުރާ ގޮތުގައި އަދި މުޅި ދުނިޔެވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިކަމުން ސަލާމަތް ވެވެން އޮތް ހަމަ އެކަނި ގޮތަކީ ދުއާ ކުރުން،" މި ފޮޓޯ އިން ފެންނަ ޔަހޫދީ މީހާ ސީއެންއެން އަށް ބުނެފައިވެއެވެ.

ފޮޓޯގައ ފެންނަ މުސްލިމް މީހާ ބުނެފައިވަނީ ގަބޫލުކުރާ ދީން ތަފާތު ވިޔަސް ދީނީ ގޮތުން ދެ މީހުންވެސް ގަބޫލުކުރަނީ ގާތްގަނޑަކަށް އެއް ހަމަތަކެއް ކަމަށާއި ދެ މީހުންވެސް މަސައްކަތް ކުރަމުން ގެންދަނީ އެއް މަގްސަދެއްގައި ކަމަށެވެ. އެއީ ވީހާވެސް ގިނަ ބަޔަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

*މި ޚަބަރު ގެނެސްދީފައި މި ވަނީ، ރާއްޖޭގެ ނޫހަކުން މި ޚަބަރު ގެނެސްދީފައިވަނީ މަސްދަރުގައިވާ މައުލުމާތު ފުރިހަމަ ނުކޮށް ކަން ފާހަގަ ކުރެވޭތީ، މަސްދަރުގައިވާ ސައްޙަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.*

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަބޫ

  ތިތަނުން ޔަހޫދީ މީހާއަށް ތެދުމަގު ދައްކަވާށި.

  125
  4
 2. ކަބޫ

  މުސްލިމު މީހާގެ ހިތް ތިރިވިކަން ދިވެހި ހަރުކަށީންނަށް އިބްރަތަކަށް ލައްވާށި.

  66
  3
 3. ފޭކް ނިއުސް ސީއެންއެން

  ސީއެންއެން އަކީ މަކަރުވެރި ޕްރޮޕަގަންޑާ ފަތުރާ ޒަޔަނިސްޓް މެޝިނެއް. މުސްލިމުން އަދިވެސް ހަނދާނެއް ނުނެތޭ އިސްރޭލަކީ ފޭރިގެންފައިވާ ފަލަސްތީނު ރައްޔިތުންގެ ބިމެއްކަން.

  40
  4
 4. ޟމމ

  ވަގުތައް ޔަޤީންތައް

  15
 5. ތަޚާނުގެ ޢަލިދީދީ

  އިޒްރޭލުގާ ދިރިއުޅޭ މުސްލިމުން މިސްކިތަށްގޮސް ނަމާދުވެސް ކުރެވޭ. މީވެސް ގިނަ ދިވެހިންނަށް ނޭންގޭކަމެއް. އަދި އިޒްޭލުތެރެއަށް އެތަށް ހާސްބަޔަކު ފަލަސްތިނުން އިޒްރޭލަށް ދޭ މަސައްކަތްކުރާން. އެކަމަކު އެމީހުން ޖެހޭނެ މަސައްކަތް ނިމޭގޮތަށް އިޒްރޭލުން ނުކުމެ ފަލަސްތީނަށްދާންވެސް.

  12
  • މަރްޔަމް

   އިޒްރޭލުން ފަލަސްތީނުގެ ގާޒާ ހިސޯރު ކޮށފަ އޮންނަތާ ކިތައް އަހަރު؟ އެމީހުނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުން މަހުރޫމްކޮށް ކިތައް ފަލަސްތީނު ރައްޔިތުން ގަތުލުކޮއްފި. ނުވީތާކަށް އެ ބިމަކީ ފަލަސްތީނުގެ ބިމެއް. އެތަނަށް އިސްރާއީލުންވެރިވެ އެމީހުންގެ ގެދޮރުން ނެރެލާ އެތަނުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގަ ދިރިއުޅޭ ޔަހޫދީން ގެނެސް ވަޒަންވެރިކުރަނީއެ. މަސްޖިދުލް އަގްސާއަށްވެސް ވައްދަނީ އިޒްރޭލުގެ ބެލެމުގެ ދަށުން އެމީހުން ހުއްދަދޭ ބަޔަކު. އަހުރެމެން ތިޔަހޫދީންނަށް ހިތް ހެވެއްނުވާނެ... ތަންދޮރުބަލާފަ ވާހަކަށްދައްކަބަލަ.

 6. ކޮރަކަލި

  ގާންދީ ޖީ އަށް ވެސް މުސްލިމުން ޝުކުރު އަދާ ކުރުން ހައްގެވެ ގެރިމޯދީ އާ ވަރަށް ތަފާތެވެ

  11
  1
 7. އިބުރަތް

  ފޭކު ޚަބަރޭ ބުނިމީހާ ބުނެދީބަލަ ފޮޓޯއިން އެފެންނަ މަންޒަރަކީ ވެސް ހަމަ ފޭކުތަ ހަގީގަތް ލޮލަށް ފެނުނަސް އެކަން ގަބޫލު ނުކުރުމީ ޔަހޫދީންގެ ސިފައަކަށް ނުވޭބާ ﷲގެ ފޮތުން ކޮންމެވެސް ވަރެއްގެ އިބުރަތެއް ލިބިގަތުމަ ކީ ތިފަދަ ފަރާތްތަކަށް ވަރަށް މުހިމު އަދި އެހާމެ ފައިދާ ލިބޭނެ ކަމެކެވެ.

  45