އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވަމުންދިޔަ ސިފައިންގެ ތެރެއިން ނުވަ ސިފައިން ފަރުބަދަތައް މަތިން ދެމިފައި އޮތް ކޯރަކަށް ވެއްޓި ގެނބިގެން މަރުވެއްޖެއެވެ.
މި ސިފައިންނަކީ އަލަށް ސިފައިންގެ ޚިދުމަތަށް ނެރުމަށް ތަމްރީނު ވަމުންދިޔަ ސިފައިން ތަކެކެވެ. މި ހާދިސާގައި އިތުރު އަންހެނަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ މިޕްރޮގްރާމަށް އާންމުކޮށް ވައްދަނީ އުމުރުން 18 އަހަރާ ގާތްކުރާ އުމުރުގެ ޒުވާނުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ ދެކުނުން ޑެޑްސީ ކައިރި ސަރަހައްދެއްގައެވެ. ފަރުބަދަތަށް ގިނަ މިސަރަހައްދުގައި މި ހާދިސާ ހިނގި ވަގުތަކީ އެހިސާބަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެކެވެ.
މިހާދިސާ ހިނގާފައިވާ ވަގުތަކީ ފަލަސްތީނުގެ މިނިވަންކަމައްޓަކައި އެގައުމުގެ ރައްޔިތުން ކުރަމުންދާ ސުލްހަވެރި މުޒާހަރާތަކަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ބާރުގެ ބޭނުންކޮށް އެތަށް ބަޔަކު ޝަހީދު ކޮއްލާފައިވާ ވަގުތެކެވެ.
މާޗް 30 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ޣާއްޒާ އާއި އިސްރާއިލް ގުޅޭ ރޮނގު ކައިރިއަށް އެތައްހާސް އާންމުން އެއްވެ ކުރަމުންގެންދާ މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 40 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އެތައްސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.
ފަލަސްތީނުގެ ހެލްތް ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 4,000 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.
الحمد للله.
އަމާ ކެވިފަ ތިބޭނީ..ތިޔަ ނަތަން ޔަހޫދީ ހިތި ގޮތަކަށް ނިމިއްޖެޔާ އަދި މާ އުފާވާނެ..
މާތްﷲ އީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާޙު!
އުފާވެރި ހަބަރެއް. އަލްޙަމްދު ލިއްލާހި
މުސްލިމަކަށް ވެވޭނީ އިންސާނަކަށްވެފަދޯ! ޔަހޫދީއެއް، ނަޞާރާއެއް، މުސްލިމެއްތޯ ނުބަލާ ބުނެބަލަ، 09 އިންސާނުން ގެނބިގެން މަރުވުން އެއީ އުފާވެރިކަމެއްތަ؟ ރާއްޖޭގައި ކަނޑުމަތީގައި 04 މީހަކު މަރިވީމަ ޔަހޫދީން ބުނިތަ އުފާވެރި ޚަބަރެކޭ؟