ނުރައްކާތެރި ކޮވިޑް-19 ޖެހުމަށްފަހު، ބަލިން ރަނގަޅުވާ މީހުންނަށް ދެވަނަ ފަހަރަށްވެސް މި ބަލި ނުޖެހޭނެ ކަމަށް ހެކިދޭ ކަމެއް ހޯދިފައިނުވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯ އިން މިކަން ހާމަކޮށްފައި ވަނީ ހުކުރު ދުވަހު އެ ޖަމިއްޔާ އިން ނެރުނު ސައިންޓިފިކް ބްރީފް އެއްގައެވެ. އޭގައި ބުނެފައި ވަނީ، ކޮވިޑް-19 ޖެހުމަށްފަހު، މި ބަލި ޖެހެން މެދުވެރިކުރާ އިންފެކްޝަންގެ އަސަރު ދެވަނަ ފަހަރަށް ހަށިގަނޑަށް ނުކުރާނެ ކަމަށް ހެކިދޭ ހޯދުމެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.
ކޮވިޑް-19 އިން ރަނގަޅުވާ މީހުންނަށް ބައެއް ޤައުމުތަކުގައި އާދައިގެ ދިރުއުޅުމަށް ރުޖޫޢަވުމުގެ ފުރުސަތު ދެމުންދާކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ، މި ބަލި ޖެހުމުން މިހާރު ދެމުންދާ ފަރުވާތަކަށްފަހު ބަލި ނުޖެހޭނެ ކަމުގެ ޔަޤީންކަމެއް އަދި ނެތްއިރު، މި ބަލިން ރަނގަޅުވާ މީހުންނަށް ވެސް މި ނުރައްކަލާއި އަލުން ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
"މި ބަލިމަޑުކަމާއި ގުޅިގެން މިހާތަނަށް ހޯދުނު ހޯދުންތަކުން، މިހާރު މި ބައްޔަށް ކުރާ ފަރުވާއަށްފަހު ބަލިން ރަނގަޅުވި ނަމަވެސް އަލުން މި ބަލީގެ ޝިކާރައަކަށް ނުވާނެ ކަމަށް ހެކިދޭ ހޯދުމެއް އަދި ނެތް. އެހެންކަމުން ބަލިން ރަނގަޅުވާ މީހުންނަށް ވެސް ބަލީގެ ނުރައްކާ ނެތްކަމަށް ނިންމައިގެން ނުވާނެ،" ޑަބްލިއިއެޗްއޯ އިން ބުނެފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން އިންފެކްޝިއަސް ޑިޒީޒް ސޮސައިޓީ އޮފް އެމެރިކާގެ ތަރުޖަމާނު، ޑރ. މޭރީ ހަޔަޑެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ފަރުވާކުރާ ފަރާތްތަކަށް މިހާރު ދޭ އެންޓިބޮޑީން ބޭނުންކޮށްގެން ބައްޔަށް ނައްސިވެފައި ވީނަމަވެސް، އެފަރާތަކަށް މި ބަލި ޖެހޭނެ ކަމެއް، ނުވަތަ ނުޖެހޭނެ ކަމެއްވެސް އަދި ޔަޤީންކަމާއެކު ބުނަން ނޭނގޭ ކަމަށެވެ. އެހެންކަމުން ބަލަންވާނީ އެފަދަ ފަރާތްތަކަށްވެސް ނުރައްކާ އޮތްކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ، ކޮވިޑް-19 އިން ރަނގަޅުވާ ފަރާތްތައްވެސް ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅު އެޅުމަށާއި، ޚާއްސަގޮތެއްގައި ގައިދުރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ބަލިން ރަނގަޅުވާ މީހުންނަށް ކޮވިޑް-19 ގެ އަސަރު ދެވަނަ ފަހަރަށް ވެސް ނުކުރާނެ ކަމަށް ހެކިދޭ ކަމެއް ހޯދިފައި ނުވާކަން ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައި ވާއިރު، މި ބަލި ޖެހިފައިވާ މީހަކު ނައްސިވާ ފަހުން، އެއްވެސް ސަބަބެއް ނެތި ހަށިގަނޑުގެ ތެރޭގައި ވައިރަސްގެ މިންވަރެއް ހުރެގެން އަލުން ބަލި ޖެހިދާނެ ބުނާ މައްސަލައެއްގެ ތަހުޤީޤު ފެށީ މީގެ ދެ ހަފްތާއެއްހައި ދުވަސް ކުރިންނެވެ.
މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ، ކޮވިޑް-19 އަށް ފަރުވާކުރަމުންދާ މީހަކު، ޓެސްޓު ހެދުމުން އެ ވައިރަސްގެ އަސަރު ހަށިގަނޑުގައި ނެތްކަމަށް ދައްކައި، ޓެސްޓުތަކުން ނައްސިވާން ދިމާވެދާނެ ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އެހެންކަމުން ބަލިން އެކީގައި ރަނގަޅުވުމަށްފަހު ބޭރުން ވައިރަސްގެ އަސަރު ހަށިގަނޑަށް އަލުން ކުރުމުން ނޫނީ މިބަލި ދެވަނަ ފަހަރަށް ޖެހުމަކީ ދުރުކަމެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ، ކޮވިޑް-19 ޖެހިގެން ޤައުމުތަކުގައި ފަރުވާދޭ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް، ފުރަތަމަ ޓެސްޓުން ދެއްކި ކަމުގައި ވީނަމަވެސް، ރައްކާތެރިކަމަށްޓަކައި، 24 ގަޑިއިރު ފަހުން އިތުރު ޓެސްޓެއް ހަދައި އެކަން ޔަޤީން ކުރުމަށް އިރުޝާދު ދީފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އަދި ސީދާ ފަރުވާއެއް ނުވަތަ ވެކްސިނެއް އުފެއްދިފައި ނުވެއެވެ. އަދި މި ބައްޔަށް ފަރުވާއެއް ހޯދުމަށްކުރާ މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވާއިރު، ސިއްޙީ މާހިރުން ބުނަނީ އެ މަސައްކަތަށް އަދިވެސް ދުވަސް ނަގާނެ ކަމަށެވެ. އެއީ މިއީ ދުނިޔެއަށް އާ ބައްޔަކަށް ވެފައި ބައްޔާއި ގުޅޭގޮތުން ހޯދަންޖެހޭ ގިނަ ހޯދުންތައް ހުރުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި ބަލިން ނުވަތަ އެހެން ބަލިތަކުން ރައްކާތެރިވުމަށް ގިނައިން މޭވާއާއި ތަރުކާރީ ކެއުމަކީ ވަރަށްބޮޑަށް މުހިންމުކަމެއް . ގިނަމީހުން އާއްމުކޮށް ކެއުންބުއިމުގަ މައިގަނޑު ބޭނުންކުރަނީ (އެސިޑިކު) ކާނާ.
އެހެންވުމުގެސަބަބުން ބޮޑީގެ( ޕީ އެޗް)
ލެވެލް ދަށްވުމުން ހަށިގަނޑުގެ ދިފާއީބާރުދައްވެ އާދައިގެރޯގާއިންވެސް ދިފާއުވުމުގެ ކުޅަދާނަކަން ސެލްތަކަގު ނުހުރުމުން ވަރަށްކުދި ބަލިތަކުންވެސް
ރައްކާތެރިނުވެވެއެވެ. އެހެންކަމުން ހަށިގަނޑުގެ ޕީ އެޗު ލެވެލް އެއްވަރެއްގަ ބެހެއްޓުމަށް ކޮންމެވަގުތެއްގެ ކެއުމުގަ
ހިމަނަންޖެހެނީ 20ޕަސެންޓް އެސިޑިކު
80ޕަސެންޓު އަލްކަލައިން ފުޑް. އެއީ
ހަށިގަނޑުގެ ( ޕީ އެޗް ) ލެވެލް ބޭނުންވާވަރަށް ހިފެހެއްޓުމަށެވެ އާމްމުކޮށް ހަށިގަނޑުގެ ޕީ އެޗް ލެވެލް
ހުންންވާނީ 7.35 - 45 .7 އާއި ދެމެދުގައެވެ .

ހުންންވާނީ 7.35 - 45 .7 އާއި ދެމެދުގައެވެ . އިތުރަށް މަޢުލޫމާތު ހޯއްދެވުން ވަރަށް މުހިންމު.
ކިޔާނެ ހެޔޮ އެއްޗެއް ބުނެދީބަލަ ފަހު ވަގުތު
لا إله إلا الله محمد رسول الله
މި ބަލިން ނުވަތަ އެހެން ބަލިތަކުން ރައްކާތެރިވުމަށް ގިނައިން މޭވާއާއި ތަރުކާރީ ކެއުމަކީ ވަރަށްބޮޑަށް މުހިންމުކަމެއް . ގިނަމީހުން އާއްމުކޮށް ކެއުންބުއިމުގަ މައިގަނޑު ބޭނުންކުރަނީ (އެސިޑިކު) ކާނާ.
އެހެންވުމުގެސަބަބުން ބޮޑީގެ( ޕީ އެޗް)
ލެވެލް ދަށްވުމުން ހަށިގަނޑުގެ ދިފާއީބާރުދައްވެ އާދައިގެރޯގާއިންވެސް ދިފާއުވުމުގެ ކުޅަދާނަކަން ސެލްތަކަގު ނުހުރުމުން ވަރަށްކުދި ބަލިތަކުންވެސް
ރައްކާތެރިނުވެވެއެވެ. އެހެންކަމުން ހަށިގަނޑުގެ ޕީ އެޗު ލެވެލް އެއްވަރެއްގަ ބެހެއްޓުމަށް ކޮންމެވަގުތެއްގެ ކެއުމުގަ
ހިމަނަންޖެހެނީ 20 (ވިހި) ޕަސެންޓް އެސިޑިކު ކާނާއާ
80 ( އައްޑިހަ ) ޕަސެންޓު އަލްކަލައިން ކާނާއެވެ. އެއީ
ހަށިގަނޑުގެ ( ޕީ އެޗް ) ލެވެލް ބޭނުންވާވަރަށް ހިފެހެއްޓުމަށެވެ އާމްމުކޮށް ހަށިގަނޑުގެ ޕީ އެޗް ލެވެލް
ހުންންވާނީ 7.35 - 45 .7 އާއި ދެމެދުގައެވެ .
އޯކޭ ތެނކްސް.